މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަނަށް ބޭނުންވާ ޕެޓްރޯލާއި ޑީސެލް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުން

                         އިޢުލާން 

  އަންދާސީހިސާބު ބޭނުންވެއްޖެ.

                                ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަންގައި ބޭނުންކުރާ ޕޮލިސް އެއްގަމު އުޅަނދުފަހަރަށާއި، ގއ.އަތޮޅުގައި ބޭނުންކުރާ ޕޮލިސް ކަނޑުއުޅަނދު ފަހަރަށް ބޭނުންވާ ޕެޓްރޯލާއި ޑީސެލް، ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                                ވީމާ، މި ޚިދުމަތް ކޮންޓްރެކްޓް އުޞޫލުން ފޯރުކޮށްދިނުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2018 ސެޕްޓެމްބަރ 18 ވާ އަންގާރަ ދުވަހުގެ 14:00 އަށް ގއ.ވިލިނގިލި ޕޮލިސް ސްޓޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ސެޕްޓެމްބަރ 25 ވާ އަންގާރަ ދުވަހުގެ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރުމަށް ޙާޞިރުވާ ފަރަތާތަކަށް އެކަނިކަމުގައި ދަންނަވަމެވެ.

                                12 ސެޕްޓެމްބަރ 2018 މ.

12 ސެޕްޓެންބަރު 2018
ހޯދާ