ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްކައްކާ ހިއްކުމާއި، މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ވިޔަފާރި އުސޫލުން ބިމެއް ކުއްޔަށް ހިފުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

މަޑަވެލި އުތުރުކޮޅުން "މަޑަވެލި ފިޝްވިލެޖް"އަށް ދޫކޮށްފައިވާ ބިމާއި އިންވެގެން ދެކުނަށް އޮތް ބިން ދޫކުރުމަށް މިއިދާރާއިން ކުރި (IUL)416-ESMPL/416/2018/41 (30 މެއި 2018) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އިޖާބަދީފައި ނުވާތީ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.

މަސްކައްކާ ހިއްކުމާއި، މަސްވެރިކަމާއި ގުޅުންހުރި އެހެނިހެން މަސައްކަތަށް ގދ.މަޑަވެލީ އުތުރުކޮޅުން 5000 އަކަފޫޓްގެ (R2016-374 ނަމްބަރު ބިން) ވިޔަފާރި އުޞޫލުން 15 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމުގެ ފުރުޞަތު މިވަނީ ހުޅުވާލެވިފައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚުގައި ގަޑިއަށް ޙާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ.

ތަން

ވަގުތު

ދުވަސް

ތާރީޚް

 

ގދ. މަޑަވެލި ކައުންސިލްގެ މީޓިން ރޫމް

11:00

ހޯމަ

10 ސެޕްޓެމްބަރ 2018

މަޢުލޫމާތު ސާފުކުރުން

11:00

ބުރާސްފަތި

13 ސެޕްޓެމްބަރ 2018

ބީލަން ހުށަހެޅުން

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީގަޑީގައި މިކައުންސިލްގެ ނަންބަރު: 6840006 ފޯނާއި ގުޅުއްވުން އެދެމެވެ.

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

05 ސެޕްޓެންބަރު 2018
ހޯދާ