ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މީހަކު ހޯދުން

މިއޮފީހަށް މިދަންނަވާ މަޤާމަށް މީހަކު ބޭނުން ވެއްޖެއެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ  

މަޤާމުގެ ނަންބަރު:

J-222975

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ޖެނެރަލް ސާރވިސް

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ. އެސް.3 (ޖެނެރަލް ސަރވިސް 3)

ސެކްޝަން:

ކޯޕަރޭޓް އެފެއާރޒް / އެޑްމިނިސްޓްރޭޝަން، އެޗް.އާރު. އެންޑް އިންފޮމޭޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހިއުމަންރިސޯސް ޔުނިޓް/ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

މަޤާމުގެ މުސާރައާއި އިނާޔަތްތައް:

- މުސާރަ : 4,465/- ރުފިޔާ

- ސާރވިސް އެލަވަންސް: 1,500/- ރުފިޔާ

-  ސަޕޯރޓިންގ ކޯ އެލަވަންސް: 700/- ރުފިޔާ

-  ސިވިލް ސަރވިސް ޤަވާޢިދުގައިވާ ގޮތުގެމަތިން މުސާރައިގެ އިތުރުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އެލަވަންސްތައް ހަމަޖެއްސޭނެއެވެ.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

- ކައުންސިލްއިދާރާގެ އިދާރީ އޮނިގަނޑު އެކުލަވާލުން. 

- ކައުންސިލްއިދާރާގެ ޙާޟިރީ ބެލެހެއްޓުމާއި ޙާޟިރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވުން.  

- ކައުންސިލްއިދާރާގެ މުވައްޒަފުންގެ ރަޖިސްޓްރީއާއި ޕަރސަނަލް ރެކޯޑް، ޗުއްޓީ ރެކޯޑް ފަދަ މަޢުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުން.

- ކައުންސިލްއިދާރާގެ ވަޒީފާތަކަށް މީހުން ހަމަޖެއްސުމާއި ވަކިކުރުމާއި އިސްލާހީ ފިޔަވަޅު އެޅުމާބެހޭ މަސައްކަތް ވެރިން އަންގާ ގޮތެއްގެމަތިން ކުރުން.

- ކައުންސިލްއިދާރާގެ މުވައްޒަފުންގެ ވަޒީފާބަޔާނާއި ވަޒީފާގެ އެއްބަސްވުން ތައްޔާރު ކުރުމާއި، ޕާފޯމަންސް އެޕްރެއިޒަލްގެ މަސައްކަތްތައް ކުރުން.

- ކައުންސިލްއިދާރާގެ މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ ކަންތައް ބެލެހެއްޓުން.

- ހިއުމަންރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ ލިޔެކިޔުމުގެ މަސައްކަތް ކުރުން.

- ރަށުކައުންސިލްތަކާއި އަތޮޅުކައުންސިލްގެ މުވައްޒަފުން ތަމްރީނު ކުރުމާއި، ކޯސްތަކަށް ފޮނުވުމުގެ މަސައްކަތް ކުރުމާއި އެކިއެކި ޓްރެއިނިންގ ވާރކްޝޮޕްތަކަށް މީހުން ނެގުމާއި އިންތިޒާމްތައް ހަމަޖެއްސުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަމާއި ސިފަތައް

އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް ކުރިމަތި ލައްވާ، މަޤާމު ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް އިންޓަވިއު އާއި އިމްތިހާނު ކުރުން އޮންނާނީ 2018 ސެޕްޓެމްބަރ 23 ން ފެށިގެން 07 ދުވަސް ތެރޭގައި ހދ.އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

ޝޯޓްލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

13 ސެޕްޓެމްބަރ 2018 (ބުރާސްފަތި) ދުވަހުގެ 14:00 ގެ ކުރީން، ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމުން، ހދ. އަތޮޅު ކައުންސިލްގެ އިދާރާ އަށް

އިތުރު މަޢުލޫމާތު:

 

އިތުރު މަޢުލޫމާތު ހޯދުމަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އާއި 14:00 އާ ދެމެދު 6521100 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ 6528875 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓު: www.haadhaal.gov.mv އިންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

03 ސެޕްޓެންބަރު 2018
ހޯދާ