އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.އަތޮޅު ސްޓޭޓްހައުސް މަރާމާތުކުރުން

މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި އަތޮޅު އަތޮޅުގެ (އއ. އަތޮޅު ސްޓޭޓްހައުސް) މަރާމާތުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެޖެ އެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން  2018 ސެޕްޓެމްބަރ 12 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،  2018 ސެޕްޓެމްބަރ 20 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ  2018 ސެޕްޓެމްބަރ 20 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ޙާޟިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކަށް މާރކްސް ނުދެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެބޭފުޅެއްގެ އައިޑީ.ކާޑުގެ އަސްލާއެކު ސިޓީއެއް ހިއްޕަވައިގެން ޙާޟިރުވެވަޑައިގަތުން އެދެމެވެ.

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާ:

މަސައްކަތުގެ އަގު (އެކަށީގެންވާ އެންމެ ކުޑަ އަގަށް)

50 ޕޮއިންޓް

މަސައްކަތު ތަޖުރިބާ / ފަންނީ ޤާބިލްކަން (ހުށަހަޅާ ލިޔުންތަކަށް ބަލާފައި)

20 ޕޮއިންޓް

މާލީ ގާބިލުކަން

15 ޕޮއިންޓް

މަސައްކަތުގެ މުއްދަތު (އެންމެ ކުރު މުއްދަތަށް)

15 ޕޮއިންޓް

ޖުމްލަ

100 ޕޮއިންޓް

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ސެޕްޓެންބަރު 2018
ހޯދާ