ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

5

މަޤާމުގެ ގިންތި:

ވަގުތީ ( ވޭޖް އެމްޕްލޯއިމަންޓް އުސޫލުން 3 މަސް )

މަޤާމުގެ ރޭންކް:

ޖީ.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ

ސެކްޝަން:

ސްޓޭކްހޯލްޑަރސް އެންޑް ޕަބްލިކް ރިލޭޝަން

މުސާރަ:

މަސައްކަތް ކުރާ ގަޑިއިރަކަށް 40/- ރުފިޔާ (މަހަކު ގިނަވެގެން 250 ގަޑިއިރަށް)

 

 

އެހެނިހެން އެލަވަންސް:

 

1.     ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2.     ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1.      ބޭސްފަރުވާގެ އެހީއަށް އެދި އެޖެންސީގެ އެގްޒެކްޓިވް ބިއުރޯއަށް ހުށަހަޅާ ސިޓީތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން ވެލްފެއަރ ކޮމިޓީއަށް ހުށަހަޅައި ކޮމިޓީގެ ނިންމުމާ އެއްގޮތަށް އެފަރާތްތަކަށް ޖަވާބުދިނުން. 

2.      ބޭސްފަރުވާ އަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެހީ ހަމަޖެހޭ ފަރާތްތަކަށް އާސަންދަ ކުންފުނި މެދުވެރިކޮށް އެހީ ހަމަޖައްސާނަމަ އެފަރާތްތަކުގެ މަޢުލޫމާތު އާސަންދަ ކުންފުންޏަށް ފޮނުވުން އަދި ފައިސާ ހަމަޖެހޭ ފަރާތްތަކަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް އެޖެންސީގެ ފައިނޭންސް ސެކްޝަނަށް މަޢުލޫމާތު ފޮނުވައި އެކަން ހަމަޖެހޭނެ އިންތިޒާމް ހަމަޖެއްސުން.

3.      މިއެޖެންސީން ފޯރުކޮށްދޭ އެކިއެކި ޚިދުމަތްތަކާއި ގުޅިގެން ގުޅުއްވާ ފަރާތްތަކާއި މަޢުލޫމާތު ސާފުކޮށްދިނުން.

4.      މިއެޖެންސީއަށް ޝަކުވާ ހުށަހަޅުއްވާ ފަރާތްތަކުގެ މަޢުލޫމާތްތައް ބަލަހައްޓާ މަޢުލޫމާތު ގުޅުންހުރި  ޑިވިޜަނާއި ހިއްސާކުރުން.

5.   މިއެޖެންސީއަށް ގުޅުއްވާ ފަރާތްތަކުގެ މަޢުލޫމާތު ސިސްޓަމް މެދުވެރިކޮށް ބެލެހެއްޓުން.

6.      މިއެޖެންސީއަށް ގުޅުއްވާ ފަރާތްތަކަށް އެމަސައްކަތަކާއި ގުޅޭ މުވައްޒަފުންނާއި ވާހަކަ ދައްކަން ބޭނުން ވެއްޖެ ހިނދެއްގައި އެކަން އިންތިޒާމް ކޮށްގެން ހަމަޖެއްސުން.

7.   މި އެޖެންސީގެ ކައުންޓަރަށް ހުށަހަޅާ ފޯމާއި ސިޓީ ބަލައިގަތުމަށްފަހު ސްކޭންކުރުމާއި،ހަމަޖެހިފައިވާ އުސޫލުން ފޮނުވަންޖެހޭ ސެކްޝަން / ޔުނިޓްތަކަށް ދުވަހުން ދުވަހަށް ރޫޓްކުރުން.

8.   މި އެޖެންސީގެ ކައުންޓަރަށް ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ބޭނުންވާ ސައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމާއި،މިއެޖެންސީއަށް ޝަކުވާ ހުށަހަޅުއްވާ ފަރާތްތަކުގެ މަޢުލޫމާތުތައް ބަލަހައްޓާ މަޢުލޫމާތު ގުޅުންހުރި  ޑިވިޜަނާއި ހިއްސާކުރުން.

9.      ލިޔެކިއުންތަކާއި މަޢުލޫމާތު ހަމަވާ ފޯމްތައް ސްކޭން ކޮށް އެންޓްރީ ކުރުމަށްފަހު ވެރިއަކަށް ރޫޓް ކުރުން.

10.  ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކައުންޓަރ އަދި ކޯލްސެންޓަރގެ ރިޕޯޓު ތައްޔާރުކުރުން.

 

މަޤާމުގެ ޝަރުޠުތައް:

 

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލި ބިފައި ވުމާއެކު، އޭގެއިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިންދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

(ނޯޓް: ލިބިފައިވާ ތައުލީމާއި ތަމްރީނަށް މަރކްސް ދިނުމުގައި ބަލާނީ  އެޑްމިނިސްޓްރޭޝަންގެ ދާއިރާ އަށެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1.     ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)

2.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.     ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.     ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7.     ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8.     މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1.      ލިބިފައިވާ ތަޢުލީމަށް ބަލައިގެން

2.      މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނަށް ބަލައިގެން

3.      "ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭއިމްތިޙާން" ގެ މާރކްސް އަށް ބަލައިގެން

4.      މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ އަށް ބަލައިގެން

5.      އިންޓަވިއު އަދި ޕްރެކްޓިކަލްސް ގެ މާރކސް އަށް ބަލައިގެން

6.      މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅިސް ފަހެއް( އިންސައްތައަށްވުރެ މަތިވުން.

(ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް މީހަކު ހޮވުމަށް ބަލާނެ ކަންތައްތައް އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ)

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ސެޕްޓެމްބަރ 2018 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން،ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މއ.ދޮންވެލި އިމާރާތް، އަމީނީމަގު) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް[email protected] އަދި ފެކްސް 3003535 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އިމްތިޙާނާއި އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން އޮންނާނީ، 2018 ސެޕްޓެމްބަރ ގައި،ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)،ކ.މާލެ ގައެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި،ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 20 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ،3005353 އެވެ. އީ-މެއިލް ކުރާނީ      [email protected] އަށެވެ. 

 

 

                             19 ޛުލްޙިއްޖާ 1439

                                30 އޯގަސްޓް 2018

 

30 އޮގަސްޓް 2018
ހޯދާ