ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ހޯރަފުށީ މަސްޖިދުލް ސިއްދީޤްގެ ދޮރުތައް އެލްމިނިއަމް އަށް ބަދަލުކުރުމާއި ގުޅޭ

އިޢުލާން

ހއ.ހޯރަފުށީ މަސްޖިދުލް ސިއްދީޤްގެ ދޮރުތައް އެލްމިނިއަމް އަށް ބަދަލުކުރުމާއި ގުޅޭ

              މި އިދާރާއިންދޭ މަޢުލޫމާތާއި ކުރެހުމާއި އެއްގޮތަށް ހއ.ހޯރަފުށީ މަސްޖިދުލް ސިއްދީޤް މިސްކިތުގެ އިމާރާތާއި ވުޟޫކުރާ ބައިގައިހުރި ލަކުޑި ދޮރުތަކާއި ދޮރުފަތްތަށް ނަގައި، އެލްމިނިއަމް ދޮރާއި ދޮރުފަތްޖަހާ ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން މި އިދާރާއަށް ޙާޟިރުވެދެއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބް ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން

04 ސެޕްޓެމްބަރ 2018

އަންގާރަ

13:00

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ސުންގަޑި

09 ސެޕްޓެމްބަރ 2018

އާދީއްތަ

11:00

                   

              މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުން ހުށަހަޅުއްވަންވާނެއެވެ. އެސިޓީގައި ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެންކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވާފައި އޮންނަންވާނެއެވެ. މީގެއިތުރުން އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެލައްވާ ފަރާތްތަކަށް ކަމުގައިވެސް ދަންނަވެމެވެ.

              މިހެންވެ، މިކަން ޢާއްމުކޮށް އިޢުލާން ކުރީމެވެ.

              19 ޛުލްޙިއްޖާ 1439

              30 އޯގަސްޓް 2018

30 އޮގަސްޓް 2018
ހޯދާ