ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން

                     މިދަންނަވާ ސަރަހައްދުތަކުގައި މިއިދާރާއިން ރަތްކުލައިގެ ސްޕްރޭ ދަވާދުން ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިން ހޯދުމަށް ބޭނުންވެއެވެ.

#

ސަރަހައްދު

ނަންބަރު

1

މާކޮޅު ކިޔާ ގޯތިގެ ދެކުނުން އޮތް ސަރަހައްދު

1 ން 12 އަށް

2

ހިރަފުސް ދަނޑުގެ ހުޅަނގުން އޮތް ސަރަހައްދު

13 ން 87 އަށް

3

ޒިޔާރަތްދޮށުގެ ދެކުނުން ބޯޒިޔާރަތް ސަރަހައްދު

88 ން 222 އަށް

 

މިދެންނެވުނު ސަރަހައްދުތަކުގައި ނަންބަރު ޖަހާފައިވާ ރުއް/ގަހުގެ ވެރިން އެކަން މިއިދާރާއަށް 10 ސެޕްޓެމްބަރ 2018 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ތަފްޞީލް ހުށަހަޅުއްވާނީ އެކަމަށްޓަކައި މިއިދާރާއިން ތައްޔާރު ކޮށްފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށެވެ. އަދި މިދެންނެވުނު ތިން ސަރަހައްދުގައި ނަންބަރު ޖެހިފައިނުވާ ރުއް/ ގަސް ހުރިނަމަ އެކަންވެސް އެންގެވުން އެދެމެވެ. މިދެންނެވުނު މުއްދަތުގައި މަޢުލޫމާތު ހުށަހަޅުއްވާފައި ނުވާނަމަ ތަކެތީގެވެރިއަކު ނެތްކަމަށް ބަލައި އެތަކެތި ނައްތާލެވޭނެއެވެ.

                     މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 އޮގަސްޓް 2018
ހޯދާ