މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ރުއްތައް ވަރުވާ އަށް ދޫކުރުމާ ގުޅޭ

އިޢުލާން

ބަންޑާރަ ރުއްތައް ވަރުވާ އަށް ދޫކުރުމާ ގުޅޭ

ބަންޑާރަ ރުއްތައް ވަރުވާއަށް ނެގި ފަރާތުން ދޫކޮށްލާފައިވާތީ، އެ ރުއްތައް ވަރުވާއަށް ދޫކުރުމަށް އިޢުލާން ކުރަމެވެ.

ވީމާ، މިރުއްތައް ވަރުވާއަށް ހިފުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް 2018 ސެޕްޓެމްބަރ 04 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ސެޕްޓެމްބަރ 11 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކޮށް ބިޑު ހުށަހެޅޭނީ ކޮންމެ ފަރުދަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ.

ބީލަން ފޯމް ހުށަހަޅުއްވާނީ ބަންދު ކޮށްފައިވާ ސިޓީއުރައެއްގައި، ހުށަހަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެ އަދި  "ރ. މަޑުއްވަރީބަންޑާރަރުއްތައް ވަރުވާއަށް ދޫކުރުމަށް ހުޅުވާލާފައިވާ ބީލަމަށް ކުރިމަތިލުމަށް އެދި " މިހެން ލިޔުއްވާފައެވެ. މި ނޫންގޮތަކަށް ހުށަހަޅުއްވާ ފޯމުތައް ބަލައިގަނެވެން ނޯންނާނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6580026 އާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

28 އޮގަސްޓް 2018
ހޯދާ