ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

           ނަންބަރ: IUL)IM/1/2018/23) 

            މިސްކޫލްގެ އަހަރީ އިނާމުދިނުމުގެ ޖަލްސާގެ ލައިޓިންގ އަދި ސައުންޑް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު މިސްކޫލްގެ ނަންބަރ: (IUL)IM /1/2018/16 އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިނުވާތީ އެއިޢުލާން ބާތިލްކޮށް މިކަމަށް އެދި ހުށައެޅުމުގެ ފުރުސަތު އަލުންހުޅުވާލަމެވެ.

            ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 30 އޯގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10.30 ށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 ސެޕްޓެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10.30 ށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.  އަދި މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުއްވުމުގެ ފުރުސަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ. 

27 އޮގަސްޓް 2018
ހޯދާ