މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ފަތުރުވެރިކަމާބެހޭ ކަންކަމަށް ދޫކުރާ ރަށްރަށާއި، ބިންބިމާއި، ފަޅުތަކުގެ ލިސްޓު އިޞްލާޙުކުރުން

އިޢުލާން

ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ޅ) ގެ ދަށުން، ފަތުރުވެރިކަމާބެހޭ ކަންކަމަށް ކޮންމެ މާލީ އަހަރަކު ދޫކުރާނެ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ޢަދަދާއި، އެ ތަންތަނާބެހޭ މަޢުލޫމާތު ހިމެނޭ ލިސްޓަށް ތިރީގައި ދެންނެވިފައިވާ ބިންތައް އިތުރުކުރީމެވެ.

- ކ.ދިއްފުށިފަޅުން ހިއްކާފައިވާ ބިމާއި 4°24'11.41”N 73°41'16.85”E)) އެތަނުގެ ވަށައިގެންވާ 2000 މީޓަރު ފަޅުގެ ސަރަހައްދު.

- އދ. ފެންފުށީގެ 5000 (ފަސްހާސް) އަކަފޫޓުގެ 4 ބިން.

- ހއ. އުލިގަމުގެ 629,264.88 (ހަލައްކަ ނަވާވީސްހާސް ދުއިސައްތަ ފަސްދޮޅަސް ހަތަރެއް ޕޮއިންޓް އަށްޑިހަ އަށެއް) އަކަފޫޓު ބިން.

- އައްޑޫ ސިޓީގެ:

  • ހިތަދޫ 398,265 (ތިން ލައްކަ ނުވަދިހަ އަށްހާސް ދުއިސައްތަ ފަސްދޮޅަސް ފަހެއް) އަކަފޫޓު ބިން 
  • ފޭދޫ 344,445 (ތިން ލައްކަ ސާޅީސް ހަތަރު ހާސް ހަތަރު ސަތޭކަ ސާޅީސް ފަހެއް) އަކަފޫޓު ބިން 
  • މީދޫ 322,917 (ތިން ލައްކަ ބާވީސްހާސް ނުވަ ސަތޭކަ ސަތާރަ) އަކަފޫޓު ބިން 
  • މަރަދޫ 35,521 (ތިރީސް ފަސްހާސް ފަސްސަތޭކަ އެކާވީސް) އަކަފޫޓު ބިން 
  • ހުޅުދޫ 500,000 (ފަސް ލައްކަ) އަކަފޫޓު ބިން 
  • ހިކަހެރަ 161,459 (އެއް ލައްކަ ފަސްދޮޅަސް އެއްހާސް ހަތަރު ސަތޭކަ ފަންސާސް ނުވައެއް) އަކަފޫޓު ބިން 

ވީމާ، މިވާހަކަ އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

 

16 ޛުލްހިއްޖާ 1439

27 އޮގަސްޓް 2018
ހޯދާ