މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުން.

މިމަދްރަސާގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކުރި އިޢުލާން ނަންބަރ IUL)GS51-dpt-101/INDIV/2018/19) އާއި ގުޅިގެން ޝަރުތުހަމަވާ ފަރާތްތައް މަދުކަމުން އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 އޯގަސްޓް 2018 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިމަދްރަސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 އޯގަސްޓް 2018 ވާ އާދިއްތަ ދުވަހުގެ 13:30 އަށް މިމަދްރަސާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކެވެ. މައުލޫމާތު ސާފުކުރާބައްދަލުވުމަށް ވިޔަފާރި ހުއްދައިގެ ކޮޕީއެއް  ގެންނަންވާނެއެވެ.

      މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

12 އޮގަސްޓް 2018
ހޯދާ