މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުން.

މިމަދްރަސާގެ ސެކިއުރިޓީ ޚިދުމަތް މިހާރު ދެއްވާ ފަރާތުގެ ކޮންޓްރެކްޓް ހަމަވާތީ މިމަދްރަސާގައި ސެކިއުރިޓީ ޚިދުމަތް ދިނުމަށް ބޭނުންވެއްޖެއެވެ.

 

މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 12 އޯގަސްޓް 2018 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މިމަދްރަސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އޯގަސްޓް 2018 ވާ ބުދަ ދުވަހުގެ 13:30 އަށް މިމަދްރަސާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކެވެ.

 

      މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައްޔާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

07 އޮގަސްޓް 2018
ހޯދާ