މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ދުވާފަރު ފުޓްސަލް ދަނޑުގައި ކުޅޭ ޓީމްތައް ރަޖިސްޓްރީކުރުމާއި ގުޅޭ

ރ. ދުވާފަރު ކައުންސިލް އިދާރާގެ ފުޓްސަލް ދަނޑުގެ އާންމު އުސޫލުގެ 3 ވަނަ މާއްދާގައިވާ ގޮތަށް ކޮންމެ އަހަރަކު އެއްފަހަރު ފުޓްސަލް ދަނޑުގައި ކުޅޭ ޓީމްތައް ރަޖިސްޓްރީކުރަންޖެހެއެވެ. އެގޮތުން އެއުސޫލުގައިވާ ގޮތަށް އާންމު ޓީމްތައް ރަޖިސްޓްރީ ކުރެވޭނީ ޓީމެއްގައި 20 ކުޅުންތެރިންނެވެ. މިއުސޫލުގެ މިމާއްދާގެ ދަށުން ދުވާފަރުގެ އަންހެނުންނަށް ފުޓްސަލް ކުޅުމަށްޓަކައި، އަންހެން ފުޓްސަލް ޓީމުތައްވެސް ރަޖިސްޓްރީކުރެވޭނެއެވެ.

             މިއުސޫލުގެ 4.7، މިމާއްދާގައިވާގޮތަށް ރ. ދުވާފަރުގެ މުޢައްސަސާތައް ފުޓްސަލް ދަނޑުގައި ކުޅެވޭނީ ފުޓްސަލް ދަނޑުގައި ރަޖިސްޓްރީ ކޮށްގެންނެވެ. އެގޮތުން މުޢައްސަސާއަކުން ޓީމެއް ރަޖިސްޓްރީކުރާނަމަ މަދުވެގެން 7 ކުޅުންތެރިން ހިމަނަންވާނެއެވެ. މިގޮތަށް 7 ކުޅުންތެރިން ހަމަނުވާނަމަ އެމުޢައްސަސާއަކުން ޓީމެއް ރަޖިސްޓްރީކުރެވޭނީ އެހެން މުއައްސަސާއަކާއި އެކު ގުޅިގެން 7 ކުޅުންތެރިން ހަމަކުރުމުންނެވެ.

            މިއުސޫލުގެ 4.8، މިމާއްދާގައިވާގޮތަށް ރ. ދުވާފަރުގެ އޮޑިދޯނިފަހަރުތައްވެސް ފުޓްސަލް ދަނޑުގައި ކުޅެވޭނީ ފުޓްސަލް ދަނޑުގައި ރަޖިސްޓްރީ ކޮށްގެންނެވެ. އެގޮތުން ދޯންޏެއްގެ ނަމުގައި ޓީމެއް ރަޖިސްތްރީކުރާނަމަ މަދުވެގެން 12 ކުޅުންތެރިން ހިމަނަންވާނެއެވެ. މިގޮތަށް 12 ކުޅުންތެރިން ހަމަނުވާނަމަ އެޓީމެއް ރަޖިސްޓްރީ ކުރެވޭނީ އެހެން ދޯންޏަކާއިއެކު ގުޅިގެން 12 ކުޅުންތެރިން ހަމަކުރުމުންނެވެ.

             މި އުސޫލުގެ 4.2، މިމާއްދާގައިވާ އެއްވެސް ފީއެއް ޓީމްތައް ރަޖިސްޓްރީކުރަން ދައްކާކަށް ނުޖެހޭނެއެވެ.

             އެހެންކަމުން ޓީމްތައް ރަޖިސްޓްރީކުރުމަށް ބޭނުންވާ ފަރާތްތަކުން ޓީމް ލިސްޓާއި އެޓީމެއްގައި ހިމެނޭ ކުޅުންތެރިންގެ އައި.ޑީ.ކާޑު ކޮޕީއާއިއެކު 27 އޯގަސްޓު 2018 ވާ ހޯމަ ދުވަހުގެ މެންދުރު 02:00 ން 04:30 ދެމެދު ރ. ދުވާފަރު ކައުންސިލްގެ އިދާރާއަށް "ފުޓްސަލް ދަނޑުގައި ކުޅޭ ޓީމްތައް ރަޖިސްޓްރީވުމަށް އެދޭ ފޯމް"ހުށައެޅުއްވުން އެދެމެވެ. މިގޮތުން ފޯރމްތައް ބަލައިގަންނަމުން ގެންދާނީ ފޯރމް ހުށަހަޅާ ތަރުތީބުންނެވެ. އެއްޓީމަށްވުރެ ގިނަ ޓީމްގައި ކުޅުންތެރިއެއްގެ ނަން ތަކުރާރުވެފައިވާނަމަ އެޓީމް ލިސްޓް ބާޠިލްކުރެވޭނެއެވެ. އަދި ބާޠިލްކުރެވޭ ފޯރމްތައް އިސްލާޙްކޮށް އަލުން ހުށަހެޅުމަށްޓަކައި 24 ގަޑިއިރުގެ ފުރުސަތެއް ދެވޭނެއެވެ.

ފޯރމް އަދި ފުޓްސަލް ދަނޑާއި ބެހޭ ޢާންމު އުސޫލް ލިބެން ހުންނާނީ :

             ރ. ދުވާފަރު ކައުންސިލްގެ އިދާރާ

             ފޭސްބުކް ޕޭޖް (Dhuvaafaru Sports)

ފޯރމް ހުށަހަޅަން ޖެހޭ ތާރީޚާއި ގަޑި :

27 އޯގަސްޓް 2018 ވާ ހޯމަ ދުވަހުގެ މެންދުރު 02:00 ން 04:30 އާއި ދެމެދުއެވެ.

                  މިއިޢުލާނާއިއެކު ފުޓްސަލް ދަނޑުގެ އުސޫލް "މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ފުޓްސަލް ދަނޑާއި ބެހޭ ޢާންމު ޢުޞޫލު" ޢާންމު ކުރީމެވެ.

05 އޮގަސްޓް 2018
ހޯދާ