ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމަށް

    ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ

     ތ. މަޑިފުށި، ދިވެހިރާއްޖެ                             

އިޢުލާން

ރުއްގަހުގެ ވެރިފަރާތް ހޯދުމަށް

                   ތިރީގައމިވާ މަގުތަކާއި ތަންތަނަށް ދަތިވާގޮތަށްހުރި ރުއްގަސް ކަނޑަންބޭނުންވެއެވެ. ދެންނެވުނު

ތަންތަނުގައިހުރި ރުއްގަހުގައި ހުންނާނީ މި އިދާރާއިން ނަންބަރުޖަހާފައެވެ.

 

ރުއްގަސް ހުރި ސަރަޙައްދު

ނަންބަރު ޖަހާފައިވާ ދަވާދުގެ ކުލަ އަދި ޢަދަދު

  • ޣާޒީމަގާއި، ހަވީރީމަގާއި އަދި ތ.މަޑިފުށީ ސްކޫލްގެ އުތުރު ކޮޅުގައި ހުރި (މަގާއި ގޯއްޗަށް ދަތިވާ ރުއް)

ފެހި ކުލައިގެ ދަވާދުން 01 އިން 22 އަށް ނަންބަރުޖެހާފައި

  • ޣާޒީމަގުގެ ދެކުނުކޮޅު (މަގަށްދަތިވާ ރުއް)

ރަތް ކުލައިގެ ދަވާދުން 01 އިން 12 އަށް ނަންބަރުޖަހާ ބޮޅު އަޅާފައި

  • ނާދީހިޔާގެ އިރުމަތި ފަރާތް (ގޯއްޗަށް ދަތިވާ ރުއް)

ފެހި ކުލައިގެ ދަވާދުން 01 އިން 11 އަށް ނަންބަރުޖެހާފައި

  • ފުޓްސަލް ދަނޑާއި ޕްރީސްކޫލް ދެމެދު އޮންނަ ބަނދަރުމަތީ މަގަށްއަރާ ރުއް

ރަތް ކުލައިގެ ދަވާދުން 01 އިން 32 އަށް ނަންބަރުޖަހާ ބޮޅު އަޅާފައި

 

                  ވީމާ، ދެންނެވިފައިވާ ސަރަޙައްދުތަކުގައި ހުރި ރުއްގަހުގެ ވެރިއެއްވާނަމަ އެއީ ކޮންފަރާތެއްގެ

ގަހެއްކަން ނުވަތަ ރުކެއްކަން އެގޭގޮތަށް އެ މަޢުލޫމާތު 09 އޯގަސްޓު 2018 ވާ ބުރާސްފަތި ދުވަހު 14:00 ގެ ނިޔަލަށް

ލިޔުމުން ނުވަތަ އިދާރާއަށް ދުރުވެ މަޢުލޫމާތު ދެއްވުން އެދެމެވެ.                                             

                  މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ. 

                   30 ޖުލައި  2018

30 ޖުލައި 2018
ހޯދާ