ފެމިލީ ކޯޓް
ދިވެހިރާއްޖެ
މީޑިއޭޓަރ

146-A1/2018/117:ނަންބަރު

އިޢުލާން

 

މަޤާމު:

 މީޑިއޭޓަރ

ބޭނުންވާ ޢަދަދު :

 01 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:

 އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކް:

 އެމް.އެސް 03

މަސައްކަތްކުރަންޖެހޭ ތަން:

 ފެމިލީކޯޓު / ޢާއިލީ މައްސަލަތައް ޙައްލުކުރުމާބެހޭބައި

އަސާސީ މުސާރަ:

 7035.00 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް:

 - ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ.

 - ލިވިންގ އެލަވަންސް: މަހަކު -/2700 ރުފިޔާ.

 - ޖުޑީޝަލް އެލަވަންސް: ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %40 (މަހަކު).

 - އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

މަޤާމުގެ އަސާސީ ޝަރުތު:

 - މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށް ދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުން، ނުވަތަ

 - މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކުހެއް ލިބެމުން ދިއުމާއިއެކު، މަޤާމާއި ގުޅޭ ދާއިރާއަކުން އެމް.އެސް 2 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

 

 

 

 - ޞުލްޙަކުރުމުގެ މަސައްކަތް ކުރިއަށްދާނެ ގޮތް ޞުލްޙަބަޔަށް ޙާޟިރު ކުރެވޭ ފަރާތްތަކަށް އަންގައިދީ، ޞުލްޙައަށް އަންނަ ފަރާތްތަކުގެ މެދުގައި ހުރި މައްސަލަތައް ދެނެގަތުމުގައި އެފަރާތްތަކާ އެއްކޮށް ނުވަތަ ވަކިވަކީން ބައްދަލުކޮށް ޞުލްޙަ ހިންގުން. 

 - ދެފަރާތުން ފާޅުކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، ޞުލްޙަވެރި ޙައްލަކަށް އާދެވިދާނެ ގޮތްތަކާމެދު ލަފާދީ، އެކަންކަމާ މަޝްވަރާކުރުން.

 - މައްސަލަތައް ޙައްލުކުރުމުގައި އެމައްސަލައެއް ޙައްލުވާންހުރި ހުރިހާ މަގުތަކެއް ހޯދައި އެކަންތަކުގެ މައްޗަށް ބިނާކޮށް އެންމެ ފައިދާކުރަނިވި ރަނގަޅު ނިންމުމަކާއި ހަމައަށް ދިއުމަށް ޞުލްޙަބައިން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް އެހީތެރިވެދިނުން.

 - މީގެ އިތުރުން ވަޒީފާ ބަޔާނުގައި ހިމެނިފައިނުވިނަމަވެސް ހާލަތު ނިޔާކުރާގޮތުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:

 - އެހެން މީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން.

 - މުޢާމަލާތު ކުރުމުގެ ހުނަރު.

 - އެޓިޓިއުޑް.                     .

 - ދިވެހި ބަހުން ތަކެތި ލިޔުމާއި ޖުމްލަ ހަމަޖެއްސުމުގެ ހުނަރު.

 - ރިޕޯޓް ލިޔުމުގެ ހުނަރު.

 - ވާހަކަ ދެއްކުމުގެ ހުނަރު.

 - ޓީމް ވޯކް.

 - އިސްނެގުން.

 - މައްސަލަ ހައްލު ކުރުމުގެ ޤާބިލުކަން ހުރި މިންވަރު.

 - މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ޢިލްމު ލިބިފައިވާ މިންވަރު.

 - ދީނީ ނަސޭޙަތްދިނުމުގެ ހުއްދަ އޮތުން.

ހުށަހަޅަންޖެހޭ ތަކެތި:

 - ވަޒީފާއަށް އެދޭ ފޯމް (މިކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޯޓުގެ ވެބްސައިޓްwww.familycourt.gov.mv (http://www.familycourt.gov.mv) އިން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

 - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 - ކުރިމަތިލާ ފަރާތުގެ ވަނަވަރު.

 - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ.

 - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައި ވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

 - ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމްގެ ކޮޕީ (މިފޯމު ހުށަހަޅަންޖެހޭނީ ހަމައެކަނި ދެވަނަ ޝަރުޠައް ބަލައި ޝަރުޠުހަމަވާ ފަރާތްތަކުން)

 - ފޯމާއެކު ހުށަހަޅަން ޖެހޭނެކަމަށް އިޢުލާންގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލް ކުރެވޭނެއެވެ.

 - ނޯޓް: ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ ފަރާތްތަކުގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ ފަރާތްތައް އިންޓަރވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ.

 - އެޓެސްޓް ކޮށްފައިނުވާ ލިޔެކިޔުންތައް ވެސް އެޕްލިކޭޝަން އާއެކު ބަލައިގަންނާނެއެވެ. އެޓެސްޓް ކޮށްފައިވާ ލިޔުމެއްގެ ކޮޕީ ހުށަހަޅާނަމަ ހުށަހަޅަންވާނީ ރަނގަޅަށް އެޓެސްޓް ކޮށްފައިވާ ލިޔުމެއްގެ ކޮޕީއެވެ.

ސުންގަޑި:

 12 އޮގަސްޓް 2018 ވާ ބުދަ ދުވަހުގެ  14:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

 - މިމަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަރވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.

 - މިމަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާއި އެއްގޮތަށް ޝަރުތުފުރިހަމަ ނުވާކަމަށް މިކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލް ކުރެވޭނެއެވެ.

 - ނޯޓް: މިވަޒީފާ އަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި،އެޗް.އާރު ކޮމިޓީއިން ކަނޑައަޅާ އަދަދަކަށް އިންޓަރވިއު ކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

30 ޖުލައި 2018
ހޯދާ