މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ތަގައްޔަރުވެފައިވާ އެކްޓިވް އިންގްރީޑިއަންޓް ބޭނުންކޮށްގެން އުފައްދާފައިވާ Valsartan އާއި ގުޅޭ

ބޭހުގެ އެލާރޓް

 

ތަގައްޔަރުވެފައިވާ އެކްޓިވް އިންގްރީޑިއަންޓް ބޭނުންކޮށްގެން އުފައްދާފައިވާ Valsartan އާއި ގުޅޭ  

 

            ޗައިނާގެ Zhejiang Huahai Phamaceuticals, Linhai  އިން އުފައްދާ Valsartan ބޭސް އުފައްދާފައިވަނީ ތަޣައްޔަރު ވެފައިވާ އެކްޓިވް ފާރމަސޫޓިކަލް އިންގްރީޑިއަންޓް ބޭނުންކޮށްގެން ކަމަށް ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިޔު އެޗް އޯ) ގެ އެލާރޓް ނަންބަރު: RHT/SAV/Alert.2018 އިން ވަނީ އަންގަވާފައެވެ. އަދި ދުނިޔޭގެ މާރކެޓުން މިބޭސް މިހާރު ނަގާފައިވާ ކަމަށްވެސް މި އެލާރޓް ގައި ވަނީ ބަޔާން ކޮށްފައެވެ.

                 

Zhejiang Huahai Phamaceuticals, Linhai,  އަކީ ރާއްޖެއަށް ބޭސް އިމްޕޯރޓް   ކުރުމުގެ ހުއްދަ އޮންނަ  "އެޕްރޫވްޑް ޑްރަގް ލިސްޓް"ގައި ހިމެނިފައިވާ ކުންފުންޏެއްނޫނެވެ. އަދި މިކުންފުނީގެ ބޭސް ރާއްޖޭގެ މާރކެޓްގައި ނެތްކަން ފާހަގަ ކުރަމެވެ.

 

ވިޔަފާރީގެ ގޮތުގައި ނުވަތަ އަމިއްލަ ބޭނުމަށް (ބޭސް ސިޓީއަށް) ވެސް މިކުންފުނީގެ ބޭސް އެތެރެ ނުކުރެއްވުމަށާއި، ނުވިއްކުމަށާއި ބޭނުން ނުކުރެއްވުމަށް ދަންނަވަމެވެ. ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެ އިމްޕޯރޓް ކުރާ   Valsartan ބޭހަށް ޙާއްސަ ސަމާލު ކަމެއްދީގެން ޕޯރޓް ތަކުގައި  ބަލައިފާސް ކުރަމުން  ގެންދާނެ ކަން އާއްމު ކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

މީގެ އިތުރުން މިބޭހާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކޮށް މިއޮތޯރިޓީގެ 3014316 އަށް ގުޅުއްވާ މަޢުލޫމާތު ޚިއްސާ ކޮށްދެއްވުން އެދެމެވެ.

 

30 ޒުލްގައިދާ 1439

30 ޖުލައި 2018
ހޯދާ