މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވެޓެރިނަރީ ބޭސް ގަނެ ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދަން

މިނިސްޓްރީގެ ބޭނުމަށް ގަތުމަށް ބޭނުންވާ ތިރީގައިވާ ވެޓެރިނަރީ ބޭސް ގަނެ ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަމްބަރ  IUL)30-C/30/2018/95) އިއުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބުގެ އަގުތައް ބޮޑުކަމަށް ފެންނާތީ، މިއިއުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

 

No.

Item Description

Quantity

Packing Size

Administration Method

1

Cholivit-AM

50

pkt x 500grm

Oral

2

Cholivit - M

50

pkt x 500grm

Oral

3

Super vitamin

50

btl x 250ml

Oral

4

Vapco minerals

100

pkt x 500grm

Oral

5

Cholivit-A

25

pkt x 250grm

Oral

6

Vita-5

20

btl x 100ml

Oral

7

Vitamin E-S forte

50

pkt x 250grm

Oral

8

Vitamin AD3EC

50

pkt x 100grm

Oral

9

Vitamin AD3E

10

btl x 100ml

Injactable

10

Neocyclin

30

pkt x 500grm

Oral

11

Oxivitamin-S

30

pkt x 500grm

Oral

12

Closantel 5% 

20

btl x 100ml

Oral

13

Vermactin-Plus

10

btl x 100ml

Injactable

14

Magnesium carbonate

50

btl x 100ml

Oral

15

Enrosol-20%

20

btl x 100ml

Oral

16

Enrosol-10%

5

btl x 100ml

Injactable

17

Oxydone-500

75

boli x 1grm

Oral

18

Vapcotrim-bolus

75

boli x 4grm

Oral

19

Oxydone Forte 30%   

5

btl x 100ml

Injactable

20

Tylovap

5

btl x 100ml

Injactable

21

Amprocox

5

pkt x 100grm

Oral

22

Noralgin

5

btl x 100ml

Injactable

23

Diclovap

5

btl x 100ml

Injactable

24

Triple sulphur

20

btl x 100ml

Oral

25

Vapcodimidine

5

btl x 100ml

Injactable

26

Vapcocortin-Forte

20

btl x 100ml

Injactable

 

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 ޖުލައި 29 ވާ އާދިއްތަ ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

 

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 70 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 70 )
  • މުއްދަތަށް  20 ޕޮއިންޓް (ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު × 20 )
  • ތަޖުރިބާއަށް 10 ޕޮއިންޓް (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

 

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.

ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)

ރ. އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.

ބ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339267، 3339211 އަދި 3339279 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

19 ޖުލައި 2018
ހޯދާ