މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަށް ރާއްޖޭން ބޭރުން ގެންނަ ތަކެތި ކްލިއަރ ކުރުމަށް

 މިނިސްޓްރީއިން މިނިސްޓްރީގެ އެކި އިދާރާތަކަށް  (ތިރީގައި ހިމެނިފައި) ރާއްޖޭން ބޭރުން ގެންނަތަކެތި، ކަސްޓަމްސް އިން ކްލިއަރ ކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ޖުލައި 29  ވާ  އާދިއްތަ ދުވަހުގެ 11:00  އަށް މިމިނިސްޓްރީ   (ވެލާނާގެ 7ވަނަ ފަންގިފިލާ)  ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

 

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަށް ރާއްޖޭން ބޭރުން ގެންނަ ތަކެތި ކްލިއަރ ކުރުމަށް ބެނުންވާ މަޢުލޫމާތު:

 

ކޯޓޭޝަން ތައްޔާރުކުރުމަށް ބޭނުންވާ މާއުލޫމަތާއި ކޯޓޭޝަން އާއިއެކު ހުށައަޅަންޖެހޭ މާއުލޫމާތު:

 

ޕޯސްޓް މެދުވެރިކޮށް ލިބޭ ތަކެއްޗާއި އެއަރ ފްރައިޓްކޮށް، އަދި ސީ ފްރައިޓްކޮށް، އަންނަ މުދާ، ތަކެތި ކްލިއަރ ކުރުމަށް ފަހު އެތަކެތި ރައްދުކުރުން:

  • މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ (ވެލާނާގެ 7 ވަނަ ފަންގިފިލާ)
  • މެރައިން ރިސާރޗް ސެންޓަރ (މާލެ)
  • ފެޑް ސެންޓަރ (ޙުޅުމާލެ)
  • ޓްރެއިނިގް ސެންޓަރ (ވިލިމާލެ)
  • މަނިޔަފުށި
  • ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ
  • މިނިސްޓްރީގައި ހިންގަމުންދާ އެކި ޕްރޮޖެކްޓް ތަކަށް

 

 

 

މުއްދަތު:

  • 1 (އެކެއް) އަހަރު.

 

އަގު:   

  • ތަކެތި ހަވާލުކުރުމުގެ އަގު ކޯޓޭޝަން ގައި ވަކި ވަކިން އެގެންއޮންނަން ވާނެއެވެ. އަދި ޖުމުލަ އަގު ގެ އިތުރުން ޖީ.އެސް.ޓީ އާއި ޑެލިވަރީ (ހުޅުމާލެ، ހުޅުލެ، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ އަދި މަނިޔަފުށި) ވަކިން ހިމަނަންވާނެއެވެ.

 

ކޯޓޭޝަންގެ މުއްދަތު:

  • ކޯޓޭޝަންގައިވާ ތާރީޚުން ފެށިގެން މަދުވެގެން 60 ދުވަހުގެ މުއްދަތު ދޭންވާނެއެވެ.

 

ތަކެތި ކްލިއަރ ކުރުމުގައި އަމަލުކުރަންވީ ކަންތައްތައް:

  1. މިނިސްޓްރީ އަށް 1 އަހަރު ތެރޭގައި، ޕޯސްޓް މެދުވެރިކޮށް ލިބޭ ތަކެއްޗާއި އެއަރ ފްރައިޓްކޮށް، އަދި ސީ ފްރައިޓްކޮށް އަންނަ މުދާ، ތަކެތި ކަސްޓަމްސް އިން ކްލިއަރކުރުން.
  2. ނަންބަރ 1 ގައި ބަޔާންކޮށްފައިވާ މަސައްކަތަށް ބޭނުންވާ ތަކެއްޗާއި މީހުން ހޯދުމަކީ މަސައްކަތް ހަވާލުވި ފަރާތުގެ މަސްއޫލިޔަތެކެވެ.
  3. ނަންބަރ 1 ގައި ބަޔާންކޮށްފައިވާ މަސައްކަތައް އަގު ކަޑައެޅުމުގައި ބެލެވޭނީ މަސައްކަތް ހަވާލުވާފަރާތުން ހުށައަޅާފައިވާ އެސްޓިމޭޓްގައިވާ އަގުތަކަށެވެ.
  4. މަސައްކަތްކޮށްދިނުމުގެ ޚަރަދު ތަކުގެ ތެރޭގައި ނުހިމެނޭ ޚަރަދުތައް ކުރުމުގެ ކުރިން މިނިސްޓްރީ އާއި މަޝްވަރާ ކުރުމަށްފަހު މިފަދަ ޚަރަދުތަށް މަސައްކަތް ހަވާލުވާ ފަރާތުން ކުރެއްވުމަށްފަހު މިކަންކަމުގެ ތަފްސީލް އެގޭގޮތަށް އިންވޮއިސްގައި ހިމަނަންވާނެއެވެ.
  5. އެއަރ ފްރައިޓްކޮށް އަދި ސީ ފްރައިޓްކޮށް އައިސްފައިވާ މުދާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ލަސްނުކޮށް ކަސްޓަމްސް ސަރަހައްދުން ނެރެންވާނެއެވެ.
  6. މުދާ ކަސްޓަމްސްއިން ކްލިއަރ ކުރުމަށް ބޭނުންވާ ލިޔެކިއުން މަސައްކަތް ހަވާލުވިފަރާތާއި މިނިސްޓްރީ އިން ހަވާލުކުރުމުން ދެވިފައިވާ މުއްދަތުގެ ތެރޭގައި މުދާ ކްލިއަރ ނުކުރެވި މުދާ ކަސްޓަމްސް ސަރަހައްދުގައި ބެހެއްޓި އިތުރުވާ ދުވަސްތަކަށް ދައްކަންޖެހޭ ޖޫރިމަނާ ދައްކާނީ މަސައްކަތް ހަވާލުވާ ފަރާތުންނެވެ.
  7. މަސައްކަތް ކުރުމުގައި އިހުމާލުވެގެން މުދަލަށް ގެއްލުމެއްވެ ހަލާކުވާގޮތް ދިމާވެއްޖެނަމަ އިތުރު އަގަކާނުލާއި އެކަމެއް ރަގަޅުކުރުމަކީ މަސައްކަތް ހަވާލުވާފަރާތުގެ ޒިންމާއެކެވެ.
  8. ތަކެތި ހަވާލު ކުރުމަށް، މިނިސްޓްރި އާއި ހަވާލުކުރުމުގައި، މަސައްކަތް ކުރަން ބޭނުންވާ ކަންކަމާއި، ތަކެއްޗާއި މަސައްކަތް ކުރުމަށް ބޭނުންވާ އާލާތްތައް ހޯދަންވާނީ މަސައްކަތާއި ހަވާލުވާފަރާތުންނެވެ.

 

އެސްޓިމޭޓް ހުށައަޅުއްވާއިރު ހުށައަޅުއްވަން ޖެހޭ ލިޔުންތައް:

  • ކުންފުނި ނުވަތަ ލޯކަލް އިންވެސްޓްމަންޓް ގެ ޕްރޮފައިލް.
  • ކުންފުނި ނުވަތަ ލޯކަލް އިންވެސްޓްމަންޓް ގެ ރަޖިސްޓްރީގެ ކޮޕީއެއް.
  • މީރާގައި ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކޮށްފައިވާ ރަޖިސްޓްރީގެ ކޮޕީއެއް. (ރަޖިސްޓްރީ ކޮށްފައި ނުވާނަމަ އެކަން އެނގެން އޮންނަންވާނެއެވެ.)
  • މިބާވަތުގެ މަސައްކަތް ކުރުމުގައި ހޭދަކޮށްފައިވާ މުއްދަތު އެނގޭނެ ލިޔުމެއް.

 

ކޯޓޭޝަން ހުށައަޅަންޖެހޭ ތަން:

  • މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ވެލާނާގެ 7 ވަނަ ފަންގިފިލާ

 

 

 

އަންދާސީ ހިސާބު ތަކަށް ޕޮއިންޓްދެވޭނީ ތިރީގައި މިވާ އުސޫލާ އެއްގޮތަށެވެ.

 

 

(ހ) ހުށަހަޅާފައިވާ އަގު:

  • 70 ފޮއިންޓް ( އެންމެ ކުޑަ އަގު ހުށައަޅާ ފަރާތަކަށް އެންމެ ގިނަ ޕޮއިންޓް ލިބޭނެއެވެ.)

 

(ނ) ތަޖުރިބާ:

  • 30 ފޮއިންޓް. (މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.)

 

އިތުރު މާއުލޫމާތު:

  • ތަކެތި ކްލިއަރ ކުރުމަށް ފަހު ގެންދާތަކެތި އެ އޮފީހަކުން ދައްކާތަނެއްގައި ބަހައްޓާދިނުން.
  • ތަކެތި އޮފީހަކަށް ހަވާލުކުރަން ޖެހިއްޖެނަމަ އެއޮފީހަކަށް މުދާ، ތަކެތި ގެންދާ ތާރީޚް އާއި ގަޑި އެންގުން.
  • ތަކެތި އޮފީހަކަށް ގެންދާއިރު އޮފީހުގެ މަސައްކަތަށް ދަތިނުވާނެގޮތަށް ކުރުން، އަދި ގެންދާ މުދަލެއްގެ ސަބަބުން ތަން ހަޑިވިނަމަ ތަން ސާފުކުރުން.
18 ޖުލައި 2018
ހޯދާ