ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފެކަލްޓީގެ މައި ގޭޓް (ދޮރާށި) ހެދުމާއި ބެހޭ

ފެކަލްޓީގެ މައި ގޭޓް (ދޮރާށި) ހެދުމާއި ބެހޭ

މިފެކަލްޓީގެ މައި ގޭޓް ނުވަތަ ދޮރާށި ހެދުމަށް ބޭނުންވެގެން 05 ޖުލައި 2018 ވަނަ ދުވަހު ކުރެވުނު އިޢުލާން (153FEST/IUL/2018/11) ގެ މަޢުލޫމާތު މައްސަލައަކާއިގުޅިގެން މިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިފެކަލްޓީއިން ކަޑައަޅާ މުއްދަތަކަށް، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން، 17 ޖުލައި 2018 ވާ އަންގާރަ ދުވަހުގެ 10:00 އަށް ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ (ހ. ސޯސަންގެ، ޑީ.އެޗް.އެލް ކުރިމަތި) ގެ 2 ވަނަފަންގިފިލާގައި ހުންނަ މީޓިންގ ރޫމަށް ވަޑައިގެން މަޢުލޫމާތުސާފު ކުރެއްވުމަށްފަހު، 19 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: މަޢުލޫމާތު ސާފުކުރުމަށް ޙާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަދަންނަވަމެވެ.

15 ޖުލައި 2018
ހޯދާ