ތ. ދިޔަމިގިލީ މަދަރުސާ
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

މަޤާމު:

އެސިސްޓެންޓް ލައިބްރޭރިއަން

ބޭނުންވާ އަދަދު:

  01 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން :

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:

ޖީ.އެސް.4

ގިންތި:

ދާއިމީ

މަޤާމުގެ މުސާރަ:

މަހަކު  -/5020 ރުފިޔާ    

ސަރވިސް އެލަވަންސް:

މަހަކު  -/1500 ރުފިޔާ

ސަޕޯޓިނގ ކޯ އެލަވަންސް:

މަހަކު  -/700 ރުފިޔާ

އެހެނިހެން އިނާޔަތް:     

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

މަސައްކަތް ކުރަން ޖެހޭ ތަން:

ތ. ދިޔަމިގިލި މަދަރުސާ

މާޤާމުގެ ޝަރުޠު:

                                                    

                                                    

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާޞިލްކޮށްފައިވުން.

ނުވަތަ

 

  1. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި  ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނެއްގައި 'ދިވެހި' މި ދާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

      ނުވަތަ

 

3-  ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި އޭގެ  އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

1- ލައިބްރަރީގެ އިންވެންޓްރީ ކޮންމެ އަހަރެއް ނިމުމުން އަޕްޑޭޓްކޮށް ބެލެހެއްޓުން.

2- ނައްތާލެވޭ ފޮތްތަކުގެ ރެކޯޑާއި ހަލާކުވާ ފޮތްތަކުގެ ބަދަލު ހޯދުމުގެ ކަންތައްތައް ހަމަޖެއްސުން.

3- ފޮތްތަކުގެ އެކްސެޝަން ނަންބަރު ޖެހުން.

4- ފޮތްތައް ދަރިވަރުންނާއި މުދައްރިސުންނަށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.

5- ޑިއުކާޑް ހަރުކުރުމާއި ތައްގަނޑު ޖެހުން. އަދި ޗެކްކުރި ކާޑް ޖެހުން.

6- ލައިބްރަރީގައިވާ ފޮތްތައް ސާފުތާހިރުކޮށް  ބެލެހެއްޓުން.

7- ލައިބްރަރީއަށް ދަރިވަރުން ޝައުޤުވެރި ކުރުވުމަށް ތަން އިންތިޒާމް ކުރުން.

8- ފޮތްތެރިކަމަށް ހިތްޖެހޭނެ ގޮތެއްގެ މަތިން ކަމުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ރާވައި މުދައްރިސުންނާއި ސްޕަވައިޒަރުންގެ އެހީގައި ކުރިއަށް ގެންދިއުން.

9- ލައިބްރަރީ ހުޅުވުމުގެ އިންތިޒާމްތައް ހަމަޖެއްސުމާއި އެކަން ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާޞިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
  2. ލިބިފައިވާ މަސައްކަތު ތަޖުރިބާއަށް ބަލައިގެން
  3. ވާޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއަށް ބަލައިގެން

މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު: 

މިމަޤާމަށް މީހަކު  ހޮވުމަށް  ބާއްވާ  އިންޓަރވިއު  މިއިޢުލާނުގެ މުއްދަތު ހަމަވާތާ 10 ދުވަސްތެރޭގައި ބޭއްވޭނެއެވެ. މިމަޤާމަށް މީހަކު  ހޮވުމަށް  ބާއްވާ  އިންޓަރވިއު އޮންނާނެ ތަނާއި ، ތާރީޚާއި ވަގުތު  ޝަރުޠު ހަމަވާ ފަރާތްތަކަށްް އެންގޭނެއެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޢަދަދު 10 ފަރާތަށްވުރެ އިތުރުވާ ކަމުގައިވަނީނަމަ، އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާ އެކަނި ކަމުގައި ދަންނަވަމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ސިވިލްސާރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލްސާރވިސްގެ ވަޒީފާއަށް އެދޭ ފޯމް މިސުކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް /ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން  ކުރިމަތިލާފައިވާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން
  3. ވަޒީފާއަށް އެދޭފަރާތުގެ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭކާޑުގެ ދެފުއްފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ލިޔުމެއް
  6. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭފޯމާއިއެކު އެޓޭޗް ކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:       

މިމަޤާމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ސިވިލްސާރވިސްގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތަކާއެކު 25 ޖުލައި 2018 ވާ ބުދަ ދުވަހުގެ  12:00 ގެ ކުރިން މިމަދަރުސާގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އިންޓަވިއު   އޮންނާނެ ތަނާއި،މުއްދަތު:

މިމަޤާމަށް މީހަކު  ހޮވުމަށް  ބާއްވާ  އިންޓަރވިއު  މި އިޢުލާނުގެ މުއްދަތުހަމަވާ ތާރީޚުން ފެށިގެން 1 ހަފްތާ ތެރޭގައި ދިޔަމިގިލީ މަދަރުސާގައި  ބޭއްވޭނެއެވެ.

އިތުރު މަޢުލޫމާތު:  

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6780569 އާއި ގުޅުއްވުން އެދެމެވެ.      

15 ޖުލައި 2018
ހޯދާ