އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު 2014 އަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ދާއިރާތަކާއެކު އާންމު ކުރުން

2014  ޖަނަވަރީ 18  ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު ދާއިރާތަކާއެކު އާންމުކޮށްފީމެވެ. މި ލިސްޓު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައްޔާއި އަތޮޅުތަކުގައްޔާއި އައްޑޫ ސިޓީގައި ޤާއިމްކުރެވިފައިވާ އިލެކްޝަންސް ކޮމިޝަނުގެ އަތޮޅު ޔުނިޓުތަކުގައްޔާއި އައްޑޫ ސިޓީގެ އަވަށު އޮފީސްތަކުގައްޔާއި މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ކައުންސިލްގެ އިދާރާތަކުގައި ޢާއްމުކޮށް ފެންނަންހުންނާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

14  ޞަފަރު      1435

17 ޑިސެންބަރު 2013
ހޯދާ