އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ކައުންސިލް އައު ޢިމާރާތް އޭ.ސީ ހަރުކޮށް މަރާމާތުކޮށްދޭނެ ފަރާތެއްހޯދުން

މި ކައުންސިލްގެ އައު ޢިމާރާތުގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު: (IUL)234-C/234/2018/16 އިޢުލާނާއިގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގުތައް ބޮޑުކަމަށް ފެންނާތީއާއި، ބޭނުންވާ މައުލޫމާތުތައް ފުރިހަމަނުވާތީ، އެ އިޢުލާނު ބާޠިލުކޮށް، މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ. މިމަސައްކަތް ތަކުގެ ތެރޭގައި ހިމެނެނީ:  

  • ކޮޓަރިތަކުގައި އޭސީ ހަރުކުރުން
  • އިމާރާތުގެ ކުޑަދޮރުތަކުގައި ދޮރުފޮތި ހަރުކުރުން.
  • ފޯން ލައިނެއް އެޅުން.

ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11  ޖުލައި 2018 ވާ ބުދަދުވަހު 11:30 އަށް މިއިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 18 ޖުލައި 2018 ވާ ބުދަދުވަހު 11:30 އަށް އަންދާސީ ހިސާބު ހިފައިގެން މިއިދާރާއަށް ހާޒިރުވުން އެދެމެވެ.

 

މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އެސްޓިމޭޓް ބަލައިނުގަނެވޭނެއެވެ.

04 ޖުލައި 2018
ހޯދާ