މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
2018ވަނަ އަހަރުގެ މިނވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމީ ޖަލްސާއަށް ބޭނުންވާ ސްޓޭޖާއި، ލައިޓާއި، އަދި ބެކް ޑްރޮޕް ކޮންސެޕްޓް ޑިޒައިން، ތަންތައްޔާރު ކުރުމަށް ބަޔަކު ހޯދުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ.                                           

                                                        ނަމްބަރ: (IUL)10-F/10/2018/77.

އިޢުލާން

  

           2018 ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބާއްރާ ރަސްމީ ޖަލްސާއަށް ބޭނުންވާ ސްޓޭޖާ،ލައިޓާ އަދި ބެކް ޑްރޮޕް ކޮންސެޕްޓް ޑިޒައިނާއި، ތަން ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ:  (IUL)10-F/10/2018/50 (25 ޖޫން 2018) އިޢުލާނާއި ގުޅިގެން ދެވިފައިވާ މައުލޫމާތު ކަރުދާހުގައި ސަބްމިޓް ކުރުމަށް ދެވިފައިވާ، ގަޑިއާއި އިޢުލާނުގައި ޖަހާފައިވާ ގަޑިއާއި ދިމާ ނުވާތީ  އަލުން އެ އިޢުލާން ބާތިލްކޮށް އެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 05 ޖުލައި 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 08 ޖުލައި 2018 ވާ  އާދީއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏18 ޝައްވާލް   1438

‏02 ޖުލައި      2018  

 

 

02 ޖުލައި 2018
ހޯދާ