މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ މޮބައިލް އެޕްލިކޭޝަން ޑެވެލޮޕް ކުރުމާއި އެލާރޓް ސިސްޓަމެއް ޤާއިމް ކުރުމާ ގުޅޭ އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން                                    

  ނަންބަރު:MMS-A/2018/08

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ މޮބައިލް އެޕްލިކޭޝަން ޑެވެލޮޕް ކުރުމާއި އެލާރޓް ސިސްޓަމެއް ޤާއިމް ކުރުމާ ގުޅޭއަންދާސީ ހިސާބު ބޭނުންވެއްޖެ

 

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ދެއްވަމުންގެންދަވާ މޫސުމާބެހޭ މަޢުލޫމާތުތައް ޒަމާނީ ވަސީލަތްތަކުގެ އެހީ ގައި، އަވަސްކަމާއެކު ރައްޔިތުންނަށް ގެނެސްދިނުމަށްޓަކައި، މިސަރވިސްގެ މޮބައިލް އެޕްލިކޭޝަން ޑެވެލޮޕް ކުރުމާއި އެލާރޓް ސިސްޓަމެއް ޤާއިމް ކުރުމަށް ބޭނުންވެގެން 2018 މެއި 6 ވަނަ ދުވަހު ކުރެވުނު ފުރަތަމަ އިޢުލާނު ނަންބަރު MMS-A/2018/05 އާ ގުޅިގެން ބީލަން ހުށަހެޅުމަށް ވަޑައިގެންނެވީ ދެ ފަރާތުން ކަމުގައިވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މޮބައިލް އެޕްލިކޭޝަން ޑެވެލޮޕް ކޮށްދީ އެލާރޓް ސިސްޓަމް ޤާއިމު ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަަކުން 2018 ޖޫން 3 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން އަންދާސީ ހިސާބުތައް ހުށަހެޅުއްވުން އެދެމެވެ. ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މި އިދާރަގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

 

 

28 މެއި 2018

28 މޭ 2018
ހޯދާ