މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
މިސްކޫލްގެ ރަސްމީ ޔުނީފޯރމު ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

މިސްކޫލުގައި މިހާރު ބޭނުންކުރާ ރަސްމީ ޔުނީފޯރމު ބަދަލުކުރަން ބޭނުންވެއެވެ.

މިހާރު މިސްކޫލުގައި ބޭނުންކުރާ ރަސްމީ ޔުނީފޯރމު ބަދަލުކުރަން ބޭނުންވެއެވެ. ވީމާ މިސްކޫލަށް ރަސްމީ ޔުނީފޯރމެއް ޑިޒައިން ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މިސްކޫލަކީ LKG ން ފެށިގެން ގްރޭޑް 10 އަކަށް ކިޔަވައިދެމުންދާ ސްކޫލެކެވެ. މިސްކޫލުގެ އާ ޔުނީފޯރމު ޑިޒައިން ކުރުމުގައި ވިސްނަވާނެ ކަންތައްތައް ތިރީގައި އެވަނީއެވެ. 

 

އާޔުނީފޯރމް ޑިޒައިން ކުރައްވާއިރު ވިސްނަވަން ޖެހިލައްވާނެ ކަންކަން:

-          އަންހެން ދަރިވަރުންގެ ތެރޭގައި ބުރުގާ އަޅާ ދަރިވަރުންނާއި، ނާޅާ ދަރިވަރުންގެ ޔުނީފޯރމުން އެކަން އެނގޭ ގޮތަށް ޑިޒައިން ކުރެއްވުން.

-          ފިރިހެން ދަރިވަރުންގެ ތެރެއިން ފަޓުލޫނު އަދި ސޯޓުލާ ދަރިވަރުންވެސް އެނގޭނެ ގޮތަށް ޑިޒައިން ކުރެއްވުން.

-          ޔުނިފޯމަށް ބޭނުންކުރާނި ސްކައި ބްލޫއާއި ރޯޔަލް ބްލޫ ކުދި ގޮޅި ޖެހި ފޮތްޗެވެ.

  • ސްކައި ބްލޫ - ކުލައިގެ ކޯޑް: #11c3f3 – rgb(17, 195, 243)
  • ރޯޔަލް ބްލޫ - ކުލައިގެ ކޯޑް: #1600d6 – rgb(22, 0, 214)

 

-          ޔުނީފޯރމްގެ މިންތައް އެނގޭނޭހެން ތަފްސީލްކޮށް ޔުނީފޯރމްގެ ނަމޫނާގައި ބުނެދިނުން

-          ޑިޒައިން ސާފުކޮށް ކުރެއްސެވުން، އަދި މިންތައް ލިޔުއްވުން.

-          ކޮމްޕިއުޓަރުން ނުވަތަ ޑިޖިޓަލްކޮށް ޑިޒައިން ކުރައްވާ ފަރާތްތަކުންވެސް މަތީގައިވާ ކަންކަމައް ރިއާޔަތް ކުރެއްވުމަށް ހަނދުމަފުޅު ބެހެއްޓެވުން.

 

 

 

 

 

ޑިޒައިން ތައްޔާރުކޮށް ހުށައަޅުއްވާނެ ގޮތް:

މިސްކޫލުގެ ރަސްމީ އާ ޔުނީފޯރމް ޑިޒައިން ކުރެއްވުމަށްފަހު މިސްކޫލުގެ މެއިލް [email protected] އަށް މެއިލް ކޮށްދެންވުން އެދެމެވެ. ނުވަތަ ޝެއިޚް އިބްރާހީމް ސްކޫލުގެ އޮފީހަށް ހުށައެޅުއްވުން އެދެމެވެ. އޮފީހަށް ޑިޒައިން ހުށައަޅުއްވާ ބޭފުޅުން، ހެނދުނު 9:00 ން މެންދުރުފަހު 12:45 ށް ހުށައެޅުއްވުން އެދެމެވެ.

 

ސުންގަޑި:

-          2018 ޖޫން 7 ވާ ބުރާސްފަތި ދުވަހުގެ  12:45 ގެ ކުރިން ހުށައެޅުއްވުން އެދެމެވެ.

ނޯޓް:

-          ޑިޒައިން ހުށައަޅުއްވާއިރު، ހުށައަޅުއްވާ ފަރާތެއްގެ ފުރިހަމަ ނަން، ދާއިމީ އެޑްރެސް، ރަށް އަދި ގުޅޭނެ ނަންބަރު، ޑިޒައިންގެ ކޮންމެވެސް އެއްފަރާތެއްގައި ފެންނަން އިންނަންވާނެއެވެ. އަދި އެފަރާތެއްގެ އައިޑީ ކާޑު ކޮޕީ ވެސް ހުށައެޅުއްވުން އެދެމެވެ.

-          ކުންފުންޏެއްގެ ފަރާތުން ޔުނީފޯރމް ޑިޒައިން ކުރައްވާނަމަ، އެކޮމްޕެނީގެ ނަން، އޮފީސް ހުންނަ ތަން އަދި ރަށް، ގުޅޭނެ ނަންބަރު ޑިޒައިންގެ ކޮންމެވެސް އެއްފަރާތެއްގައި ފެންނަން އިންނަންވާނެއެވެ. އަދި ކޮމްޕެނީގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށައަޅަން ވާނެއެވެ.

-          މިގޮތުން ހުށަހެޅޭ އެންމެ ރަނގަޅު ކުރެހުމަކަށް -/1000 ރުފިޔާގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

 

އިތުރުމަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ:

-          އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 ނަމްބަރު ފޯނަށެވެ.

-          މެއިލް ކުރަން ބޭނުންނަމަ އީމެއިލް ކުރާނީ ސްކޫލުގެ ރަސްމީ އީމެއިލް [email protected] އަށެވެ.

23 މޭ 2018
ހޯދާ