ދިއްގަރު ސްކޫލް
ދިވެހިރާއްޖެ
ރިލީފް ޓީޗަރ (ސެން) ހޯދުން

މަޤާމް :ރިލީފް ޓީޗަރ (ސެން)

ބޭނުންވާ އަދަދު :1

މަޤާމުގެ ގިންތި: ކޮންޓްރެކްޓް (3 މަސްދުވަސް)

 

ވަޒީފާ އޮތް އޮފީސް: ދިއްގަރު ސްކޫލް، މ.ދިއްގަރު

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: އެކަޑަމިކް ޝެކްޝަން، ދިއްގަރު ސްކޫލް

 

ސަރވިސް އެލަވަންސް

މަޤާމުގެ އަސާސީ މުސާރަ

ޝަރުޠު

މަޤާމް

މަހަކު -/1500 ރުފިޔާ

މަހަކު -/4،500 ރުފިޔާ

ހ- ސާނާވީ ތަޢުލީމުފުރިހަމަކޮށްފައިވުން (ގުރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގސެޓްފިކެޓެއް ނުވަތަ ގްރޭޑް 10 ނިންމައި، އިމްތިޙާނެއްގައިބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ، ސާނަވީ ތަޢުލީމްފުރިހަމަކުރިކަމަށް ބެލޭނެއެވެ. އަދި ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 3 ގެ ސަނަދެއް ޙާސިލުކޮށްފައިވާނަމަ، ސާނަވީ ތަޢުލީމުފުރިހަމަކުރިކަމަށް ބެލޭނެއެވެ.)

ރިލީފް ޓީޗަރ

މަހަކު -/5،500 ރުފިޔާ

ށ- މަތީ ސާނާވީ ތަޢުލީމުފުރިހަމަކޮށްފައިވުން (ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގސެޓްފިކެޓެއް ނުވަތަ ގުރޭޑް 12 ނިންމައި، އިމްތިޙާނެއްގައިބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ، މަތީ ސާނަވީ ތަޢުލީމުފުރިހަމަ ކުރިކަމަށް ބެލޭނެއެވެ.

މަހަކު -/2،500 ރުފިޔާ

މަހަކު -/6،090 ރުފިޔާ

ނ- ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

1. ސްކޫލުގައި ތިބި، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމާއި، ކިޔަވައިދިނުމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

2. ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން.

3. ކުދިންނަށް ކިޔަވައިދޭން ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް، ކުދިންނަށް އެތަކެތި އުނގަންނައިދީ، އެކުދިންނަށް ހާސިލުވާންޖެހޭ މިންވަރު އެންމެ ފުންމިނުގައި ހާސިލުކޮށްދިނުމަށް މަސައްކަތްކުރުން.

4. ސްކޫލުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، ކަނޑައަޅާފައިވާ ދުވަހަށް ލެސަންޕްލޭން (ކުރިއަށް އޮންނަ ހަފުތާއަށް) ތައްޔާރުކޮށްފައި، ލީޑިންގ ޓީޗަރަށް ހުށަހެޅުން.

5. މާއްދާތަކުގެ ކޯޑިނޭޝަން މީޓިންގތަކުގައްޔާއި، ޑިސްކަޝަން މީޓިންގަތަކުގައި ފުރިހަމައަށް ބައިވެރިވުން.

6. ކުދިންގެ ފޮތްތައް މާކުކުރުމާއި، ކިޔަވައިދިނުމާ ގުޅޭ އެހެނިހެން މަސައްކަތްތައް ފަރުވާތެރިކަމާއެކު ދުވަހުން ދުވަހަށް ނިންމުން.

7. ކިޔަވައިދޭ ސެޝަނުގެ ކުލާސްތަކުގައި ކުދިންގެ އުނގެނުމާއި އަޚުލާޤާ ގުޅޭގޮތުން ދަރިވަރުންނާއި ބެލެނިވެރިންނާ ބައްދަލުކޮށް މަޢުލޫމާތު ބަދަލުކުރުމާއި ނަސޭހަތްތެރިވުން.

8. ވަކިވަކިދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބަލައި ކިޔަވައިދިނުން އެއާއިއެއްގޮތަށް ބައްޓަންކޮށް މުޤައްރަރުގައިވާ ބައިތައް ޙާޞިލްކުރުން.

9. އެކަށީގެންވާ ގޮތެއްގައި ލަނޑުދަނޑިތަކެއް ކަނޑައަޅައި އެލަނޑުދަނޑިތައް ޙާޞިލްކުރުމަށް މަސައްކަތްކުރުން.

10. ދަރިވަރުން ކުރިޔަށްދާ މިންވަރު ބަލައި ވަޒަންކޮށް އިތުރަށް ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން

11. ސްކޫލްގައި ބާއްވާ ހުރިހައި ސްޓާފް މީޓިންގތަކަށް ޙާޟިރުވުމާއި، އެހެނިހެންވެސް ގުޅުންހުރި މީޓިންގތަކަށް ޙާޟިރުވުން.

12. ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގޭ އިތުރު ޙަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވެ އެހީތެރިވެދިނުން.

13. ސްކޫލްގެ ކުރިއެރުމަށް މަސައްކަތް ކުރުމާއި، ސްކޫލާއިމެދު މީހުންދެކޭގޮތް ރަނަގަޅު ކުރުމަށް މަސައްކަތްކުރުން.

14. ސިވިލްސާވިސްގެ ކޯޑު އޮފް ކޮންޑަކްޓަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުން

 

 

 

 

 

 

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

ހަމަޖެހިފައިވާ އުޞޫލުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މުސާރައިގެ އިތުރަށް ދެވޭ އުޖޫރަތައް:

- ތަޢުލީމާއި ތަމްރީން.

- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރާއި، މަސައްކަތުގެ އަޚުލާޤު.

- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމުގެ ސިފަތައް އިންޓަވިއު ޕެނަލަށް ސާބިތުކޮށްދެވޭ މިންވަރު.

 ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1.     ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (ރަސްމީގަޑިގައި މިސްކޫލުގެ އިދާރާއިން ފޯމު ލިބިވަޑައިގަންނަވާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންވެސް ލިބިވަޑައިގަންނަވާނެއެވެ.)

2.     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3.     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4.     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5.     ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

1.     ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

2.     ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

3.     މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ)ސިވިލްސަރވިސްއިންބޭރުވަޒީފާއެއްއަދާކޮށްފައިވާނަމަ،އެވަޒީފާއެއްއަދާކުރިމުއްދަތާއިކުރިމަސައްކަތްބަޔާންކޮށްއެއޮފީހަކުންދޫކޮށްފައިވާލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެނުވަތައަމިއްލަ އިންސްޓިޓިއުޓެއްގެނުވަތައަމިއްލައިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރިމުއްދަތާއިކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ސްކޫލުގެ އޮފީހަށް ހުށަހެޅުން.

ހުށަހަޅަންވީ ގޮތް:

2018 ޖޫން 03 ވާ އަދީއްތަ ދުވަހުގެ 13:30 ގެ ކުރިން، ދިއްގަރު ސްކޫލުގެ އިދާރާއަށެވެ.

ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  2018 ޖޫން  05 އާއި 2018 ޖޫން 07 އާއި ދެމެދު، ދިއްގަރު ސްކޫލްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިންޓަވިއު:

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ

ުމާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ދިއްގަރު ސްކޫލުގެ ނަންބަރ  7952904 ފޯނަށް ގުޅުއްވުން  އެދެމެވެ

އިތުރު މަޢުލޫމާތު:

23 މޭ 2018
ހޯދާ