މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ހުޅުމާލެ ސަހަރާއަށް 03 މަސައްކަތު މީހުން ހޯދުން

އިޢުލާނު

 

މަޤާމް:

މަސައްކަތު

ބޭނުންވާ އަދަދު:

03  (ތިނެއް)

މަޤާމުގެ ބާވަތް

ކޮންޓްރެކްޓް

މުއްދަތު: 01 އަހަރު

މަޤާމު އޮތް ސެކްޝަން/ޔުނިޓް:

މޮސްކު މެނޭޖްމަންޓް ސެކްޝަން   

މަޤާމް އޮތް އޮފީސް:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް / ހުޅުމާލެ ސަހަރާ

މުސާރަ:

މަސައްކަތަށް ނިކުންނަ ކޮންމެ ގަޑިއަކަށް -/62ރ (ފަސްދޮޅަސް ދެ ރުފިޔާ)

މަސައްކަތް ކުރަންޖެހޭ ވަގުތު

މިނިސްޓްރީން އަންގާ ގޮތެއްގެ މަތީން ކޮންމެ ދުވަހަކު 06 (ހައެއް) ގަޑިއިރު ޑިއުޓީ އަދާކުރުން.

އިތުރު ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރަންޖެހިއްޖެނަމަ، ނިކުންނަ ކޮންމެ ގަޑިއަކަށް -/62 ރުފިޔާގެ ރޭޓުން އިތުރުގަޑި ހަމަޖައްސައިދެވޭނެއެވެ. (އިތުރުގަޑި އެންމެ ގިނައިން ދެވޭނީ މަހަކު 70 ގަޑިއިރަށްވުރެ އިތުރު ނުވާގޮތަށެވެ.)

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހުޅުމާލޭގައި މަރުވާ މީހުން ވަޅުލުމަށް ވަޅުކޮނުން.
  2. މައްޔިތާވަޅުލުމަށް ގެނައުމުން ވަޅަށްސަންދޯއްތިރިކޮށް ވަޅުލުން.
  3. މައްޔިތާ ހިނެވި އަށި ރަނގަޅަށް ސާފުކުރުން.
  4. ހުޅުމާލޭގެ ހިނަވާގެއާއި ހިނަވާގެ ސަރަޙައްދު ކުނިކަހާ ސާފުކުރުން.
  5. ހުޅުމާލޭގައި ވިހާމީހުންގެ މަސައްތައް ވަޅުލުމުގެ މަސައްކަތްކުރުން.
  6. ހުޅުމާލެ ސަހަރާގެ ވިނަނޮޅާ ސާފުކޮށް ބެލެހެއްޓުން.
  7. އޮފީހުގެ ރަސްމީ މަސައްކަތްތާގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ލިޔަންކިޔަން އެނގުން

ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.

 

ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް

 

  1. ވަޒީފާއަށް އެދޭ ފޯމް (މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  3. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ތަޢުލީމާއި ތަމްރީން (ލިބިފައިވާ އިތުރު ތަޢުލީމާއި ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީން)  %26
  2. ވަޒީފާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާ %26

ލިބިފައިވާ މަސައްކަތުގެ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް)  %48

މި މަގާމަށް މީހުން ހޮވުމާއިބެހޭ އިތުރު މަޢުލޫމާތު:

މި މަޤާމަށް މީހުން ހޯދުމުގައި ފުރިހަމަ ޞިއްޙަތެއްގައިހުރި އުމުރުން 50 އަހަރުނުވާ ފިރިހެނުންނަށް އިސްކަންދެވޭނެއެވެ.

ސުންގަޑި އަދި އިންޓަވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

 

  • ވަޒީފާއަށް އެދޭ ފޯމު ހުށަހަޅާނީ 2018 މެއި 29 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްއަށް  ( އިސްލާމީ މަރުކަޒު )
  • ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020200.3020218 އަށެވެ.
  • އީމެއިލް ކުރައްވާނީ [email protected]  އަށެވެ.
  • އިންޓަރވިއު އޮންނާނީ 2018 މެއި 30 އާއި  ޖޫން 05 އާ ދެމެދު ދުވަހެއްގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައެވެ.

 

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

35% (ތިރީސް ފަސް ޕަސެންޓް )

 

20 މޭ 2018
ހޯދާ