ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

 

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-295628

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ސެކްޝަން:

އެޑްމިންސް އެންޑް ހިއުމަން ރިސޯސް

މަޤާމް އޮތް އޮފީސް:

ކީރިތި ޤުރްއާނާބެހޭ މަރުކަޒު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކީރިތި ޤުރްއާނާބެހޭ މަރުކަޒު

މުސާރަ:

-/5020 ރުފިޔާ

ސަރވިސް އެލެވަންސް:

-/1500 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވެންސް 2: -/700 ރުފިޔާ

 

އިތުރު ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކީރިތި ޤުރްއާނާބެހޭ މަރުކަޒްގައި ހިންގާ، ޤާރީ ކޯސް  ލެވެލް 1 ، 2 ، 3، އަދި 4 ގެ  އެންމެހާ އިދާރީ މަސައްކަތް ކުރުން. 
  2. ކުލާސްތަކުގެ މަޢުލޫމާތު އާންމުންނަށް ދިނުމާއި، ކުލާސްތަކުގެ ރަޖިސްޓަރީއާ ގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ދަރިވަރުންނާއި މުދައްރިސުންގެ ޙާޒިރީ ބެލެހެއްޓުމާއި، މުދައްރިސުންނާއި، ބެލެނިވެރިންނަށް އަންގަންޖެހޭ އެންގުންތަކާއިގުޅޭ ދެންނެވުންތައް ތައްޔާރުކޮށް އެންގުން.
  3. ކުލާސްތަކުގެ އިމްތިޙާނު ބޭއްވުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ ކަންތައްތައް ކުރުން.
  4. ކުލާސްތަކުގެ އަހަރީ ރިޕޯޓް ތައްޔާރުކުރުން.
  5. އަތޮޅުތެރޭގައި ހިންގާ މަރުކަޒުގެ ގޮފިތަކާއި ކުލާސްތަކުގެ ކަންތައްތައް ބެލެހެއްޓުމުގައި އެހީތެރިވުން .
  6. މަރުކަޒާ އެކު އެފިލިއޭޓް ވެގެން ހިންގާ ކުލާސްތަކުގެ ކަންތައް ބެލެހެއްޓުމުގައި އެހީތެރިވުން.
  7. ސްކޫލްކުދިންގެ ޚަތިމްކުރުމުގެ މަޝްރޫޢު ބެލެހެއްޓުން.
  8. އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ މަސައްކަތްކުރުން.
  9. އޮފީސް ހުޅުވާ ލެއްޕުން.
  10. އޮފީހުގެ ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު ދިނުން.
  11. މުދައްރިސުންނަށާއި ކްލާސްތަކަށް ބޭނުންވާ ލިޔެކިޔުމުގެ ތަކެތި ފޮރުކޮށްދިނުން.
  12. މީގެ އިތުރުންވެސް މުވައްޒަފުކުރާ މަސައްކަތް ސްޕަވައިޒްކުރާ އަދި އޮފީހުގެ އިސްވެރިޔަކަށް ހުންނަވާ ބޭފުޅަކު އަންގަވާ އޮފީހުގެ މަސައްކަތްތާއިގުޅޭ އިތުރު ކަންތައްތައް ފަރުވާތެރިކަމާއެކު ކުރުން.
  13. މަރްކަޒުގެ އެކި ހަފްލާތަކާއި މުބާރާތްތަކުގެ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުން.                                                    

މަޤާމުގެ ޝަރުޠުތައް:

  1. 'ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް ' ނުވަތަ ' ހަޔަރ ސެކަންޑްރީ ސްކޫލް 'ސެޓްފިކްޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން އަދި އެޑްމިނިސްޓްރޭޝަންގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. 'މަތީ ސާނަވީ' ނުވަތަ އެއާ އެއް ފެންވަރުގެ އިމްތަޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ ' ހަޔަރ ސެކަންޑަރީ ސްކޫލް'  ސެޓްފިކެޓް އިމްތަޙާންގައި 'ދިވެހި' މި މާއްދއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  2. ބިޒްނަސް އެޑްމިނިސްޓރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ޕަބްލިކް އެޑްމިނިސްޓްރޭޝަންއާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ޙާޞިލްކޮށްފައިވާ ތައުލީމާއި، ތަމްރީނަށްބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށް ބަލައިގެން.
  3. މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް ދެނެގަތުމަށް އިންޓަރވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.chq.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 29 މެއި 2018 ވާ އަންގާރަ ދުވަހުގެ 13.30 ގެ ކުރިން، ކީރިތި ޤުރްއާނާބެހޭ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް  ބަލައި ގަނެވޭނެއެވެ.

އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ،3335086  އެވެ.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާ ޕްރެކްޓިކަލް އޮންނާނީ، 30 މެއި 2018 އާއި 3 ޖޫން 2018 އާ ދެމެދު، ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

މި މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތައަކީ %30 އެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3019303، 3019304  ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3335086  އެވެ. އީ-މެއިލް ކުރާނީ[email protected] އަށެވެ.

20 މޭ 2018
ހޯދާ