މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުގެ ބެލުމުގެދަށުގައިވާ 55 ނަންބަރު ކޮށީގައިވާ ކުރީގެ އައިލެންޑް އިމްޕްރޫވްމަންޓް އެސޯސިއޭޝަންގެ ބިން ވިޔަފާރީގެ ބޭނުންތަކަށް ދޫކުރުމަށް

އިޢުލާން

ވިޔަފާރީގެ ބޭނުންތަކަށް ބިންދޫކުރުމަށް

            މިކައުންސިލުގެ ނަންބަރު:IUL)284-PR/284/2018/23)  އިޢުލާން ބާތިލްކޮށް، މިކައުންސިލުގެ ބެލުމުގެދަށުގައިވާ 55 ނަންބަރު ކޮށީގައިވާ ކުރީގެ އައިލެންޑް އިމްޕްރޫވްމަންޓް އެސޯސިއޭޝަންގެ ބިން ވިޔަފާރީގެ ބޭނުންތަކަށް ދޫކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.

            ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

  28 މޭ 2018

 ހޯމަ

 ހެނދުނު 11:30

ޕްރޮޕޯސަލް ހުށަހެޅުން

  31 މޭ 2018

 ބުރާސްފަތި

 ހެނދުނު 11:30

               

            ޕްރޮޕޯސަލް  ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.           

މަޢުލޫމާތު ސާފުކުރުމަށް ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ޕްރޮޕޯސަލްހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

                  29 ޝަޢުބާން 1439

                  15 މޭ 2018

15 މޭ 2018
ހޯދާ