މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
އިޢުލާން ނަންބަރު (IUL 94-Q/1/2018/04) ގުޅިގެން މަޢުލޫމާތު ސާފުކޮއް އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ޝަރުތު ހަމަނުވާތީ މިއިޢުލާނު ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ ހެޑް އޮފީސް (ވެލާނާގެ 01 ވަނަ ފަންގިފިލާ)، ޕާރމިޓްސް އެންޑް ފޮރިގން އެމްޕްލޯއިމަންޓް ޑިވިޟަން (ހުރަވީ ބިލްޑިންގގެ 02 ވަނަ އަދި 03 ވަނަ ފަންގިފިލާގެ އިރުމަތީ ބައި) އެކްސްޕެޓްރިއޭޓް މޮނިޓަރިންގ އެންޑް ރިޕެޓްރިއޭޝަން ސެކްޝަން (އޯކިޑް ބިލްޑިންގ) އަދި މާލޭ ސީޕޯރޓް (މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް ބިލްޑިންގ) ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރުމަށް ކުރި ނަންބަރ:  (IUL)94-Q/1/2018/04  އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކޮއް އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ޝަރުތު ހަމަނުވާތީ މިއިޢުލާނު ބާޠިލުކޮށް، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 15 މެއި 2018 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއޮފީހުގެ ޕްރޮކިއުމަންޓް ސެކްޝަން (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 20 މެއި 2018 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިއޮފީހަށް (ހުރަވީ ބިލްޑިންގް 02 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

10 މޭ 2018
ހޯދާ