މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2016 ވަނަ އަހަރު ރ.އިނގުރައިދޫއިން ގޯއްޗަށް އެދި ހުށަހެޅި ފޯމްތަކާއި ގުޅޭ:

2016 ވަނަ އަހަރު ރ.އިނގުރައިދޫއިން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ކަނޑައަޅުއްވާފައިވާ 33 (ތެއްތިރީސް) ގޯތި ދޫކުރުމަށް ކުރެވުނު ނަމްބަރު: (IUL)309-AHI/309/2016/3  (13 ޖަނަވަރީ 2016) ގެ އިޢުލާނަށް އިޖާބަދީ، ހުށަހަޅާފައިވާ ފޯމްތަކުގެ ދާއިމީ ލިސްޓްތައް އާންމު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

 

  • ގޯއްޗަށް އެދި ފޯމް ހުށިހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާއި، އެ ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓް
  • ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަ ނުވެގެން ބާޠިލު ކުރެވުނު  ފަރާތްތަކުގެ މަޢުލޫމާތު.
  • ގޯއްޗަށް އެދި ފޯމް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ފޯމާއިއެކު ހުށަހަޅަން ބަޔާންކޮށްފައިވާ ތަކެތި ހުށަހަޅާފައި ނުވާ ފަރާތްތައް

2016 ވަނަ އަހަރު ރ. އިނގުރައިދޫއިން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަށް ދާނީ ސަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން 50 ޕޮއިންޓަށްވުރެ މަތިން ލިބިފައިވާ ފަރާތްތަކެވެ.

 

 ދަންނަވަމެވެ. ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން އޮންނާނީ 26 މެއި 2018 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި ރ.އިނގުރައިދޫ ސްކޫލް ހޯލްގައެވެ. މި ގުރުއަތުލުމުގައި ބައިވެރިވުމަށް އެއްވެސް ސަބަބަކާހުރެ ޙާޟިރުވެވެން ނެތް ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ގޯއްޗަށް އެދިފައިވާ ފަރާތުގެ ސިޓީއެއް 23 މޭ 2018 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި އިދާރާއަށް ހުށަހަޅަންވާނެއެވެ. މި ގުރުއަތުލުމަށް ޙާޟިރުނުވާ އަދި ބަދަލުގައި ވެސް މީހަކު ނުފޮނުވާ ފަރާތްތަކުގެ ބަދަލުގައި ގޯތި ކޮމިޓީގެ ފަރާތުން، ގުރުއަތުލުމުގައި ބައިވެރިވުމަށް އަންނަ ފަރާތްތަކުގެ ޙާޟިރުގައި ޤުރުއަތު ނަގާނެކަން ވެސް ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

ގުރުއަތުލުން ކުރިއަށް ދާނެ ގޮތް :

1. ގޯތި ލިބޭފަރާތްތައް ކަނޑައެޅުމަށްޓަކައި ގުރުއަތުނަގާނެ ކިޔު ތަރުތީބުކުރުން

2. ކިޔު ތަރުތީބުން ގޯތި ލިބޭފަރާތްތައް ގުރުއަތު ނެގުން

10 މޭ 2018
ހޯދާ