ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޣާޒީ މުޙައްމަދު ޕްރީސްކޫލް މަރާމާތުގެ މަސައްކަތްކުރުން

ހއ ދިއްދޫ ޣާޒީ މުޙައްމަދު ޕްރީސްކޫލްގައި ކުރަން ހުރި ބައެއް މަރާމާތުތަކާއި އަޕްގްރޭޑިންގ ގެ މަސައްކަތްތައް މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މި ކައުންސިލުން 11 ފެބްރުވަރީ 2018 ގައި ކުރި އިޢުލާން ނަންބަރު IUL)251-EDSS/251/2018/11) އާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ، އެ މަސައްކަތް މި ކައުންސިލަށް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށްޓަކައި 2 ވަނަ ފަހަރަށް އިޢުލާންކުރީމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 20 މޭ 2018 ވާ އާދީއްތަ ދުވަހުގެ 12:15 ގައި މި އިދާރާގައި ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 24 މޭ 2018 ވާ ބުރާސްފަތި ދުވަހުގެ 12:15 ގައި މި އިދާރާގައި ބާއްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމަށް  ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މި އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމާ ބެހޭ ގޮތުން މި ކައުންސިލުން ޢަމަލުކުރާނެ ގޮތް ތިރީގައި މި ދަންނަވަނީއެވެ.

  1. އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވޭނީ، ކަނޑައެޅިފައިވާ ގަޑީގެ ކުރިން ނުވަތަ ކަނޑައެޅިފައިވާ ގަޑިއަށް ޙާޟިރުވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން އެންމެ ސިކުންތެއް ހިނގި ކަމުގައިވިޔަސް، ބެލެވޭނީ ގަޑި ޖެހުނު ކަމަށެވެ. އަދި އެ ގޮތަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތެއް ނޭރުވޭނެއެވެ.
  2. އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށް ވެސް ތަމްޞީލްކުރެވޭނީ އެ ފަރާތް އެކަންޏެވެ. ނުވަތަ އެ ފަރާތް އެ ބައްދަލުވުމަށް ފޮނުވި ފަރާތް އެކަންޏެވެ. އަދި އެއްވެސް ފަރާތަކަށް 2 ފަރާތް ނުވަތަ އެއަށްވުރެ އިތުރު ފަރާތެއް މި ބައްދަލުވުންތަކުގައި ތަމްޞީލެއް ނުކުރެވޭނެއެވެ. އަދި އެ ގޮތަށް އަންދާސީ ހިސާބު ހުށައެއް ނޭޅުއްވޭނެއެވެ.
  3. އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތަކީ އަމިއްލަ ފަރުދެއްނަމަ، އެ ބައްދަލުވުންތަކަށް އެ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ނުވަތަ އަޞްލު ހުށަހަޅަން ވާނެއެވެ.
  4. އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތަކީ އަމިއްލަ ވިޔަފާރިއެއް ނަމަ، ނުވަތަ ޕާޓްނަރޝިޕެއް ނަމަ، އެ ފަރާތުގެ ނަމުގައި ފޮނުއްވާ ފަރާތަށް އެކަން އެނގޭނެ ލިޔުމެއް ދެއްވައި، އެ ލިޔުން އެ ބައްދަލުވުންތަކަށް ހުށަހަޅުއްވަން ވާނެއެވެ. އަދި އެ ލިޔުމާއެކު، އެ ފަރާތުގެ ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީއަކާއި، އެ ފަރާތުގެ ނަމުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ވެސް ހުށަހަޅުއްވަން ވާނެއެވެ.
  5. އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތަކީ ޕްރައިވެޓް ނުވަތަ ޕަބްލިލް ކުންފުންޏެއް ނަމަ، ނުވަތަ ކޯޕަރެޓިވް ސޮސައިޓީއެއް ނަމަ،  ނުވަތަ އެ ނޫން ވެސް ޤާނޫނީ ޝަޚްޞެއް ނަމަ، އެ ފަރާތުގެ ނަމުގައި ފޮނުއްވާ ފަރާތަށް އެކަން އެނގޭނެ ލިޔުމެއް ދެއްވައި، އެ ލިޔުން އެ ބައްދަލުވުންތަކަށް ހުށަހަޅުއްވަން ވާނެއެވެ. އަދި އެ ލިޔުމާއެކު، އެ ފަރާތުގެ ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީއަކާއި، އެ ފަރާތުގެ ނަމުގައި ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ވެސް ހުށަހަޅުއްވަން ވާނެއެވެ
  6. މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ނަން ނޯޓްކޮށްފައި ނުވާ ފަރާތްތަކަށާއި، އަންދާސީ ހިސާބު ހުށަހަޅަން ކަނޑައެޅިފައިވާ ގަޑީގެ ފަހުން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.
  7. އަންދާސީ ހިސާބުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިގެން ނަން ނޯޓްކުރައްވާފައި ނުވާ އެއްވެސް ފަރާތަކަށް، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައެއް ނުގެންނެވޭއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

08 މޭ 2018
ހޯދާ