ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
social service officer

ވަޒީފާގެ ފުރުޞަތު

                                           ނަންބަރ:   (IUL)468-U02/468/2018/16

މިއިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް

ސޯޝަލް ސަރވިސް އޮފިސަރ

މަޤާމްގެ ނަންބަރ

J291550

ބޭނުންވާ ޢަދަދު

1 (އެކެއް )

މަޤާމްގެ ގިންތި

ކޮންޓްރެކްޓް (7 މަސް)

ރޭންކް

އެމް.އެސް.1

ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 1

އޮފީސް/އިދާރާ

ފުވައްމުލަކު ސިޓީކައުންސިލްގެ އިދާރާ

ސެކްޝަން/ޔުނިޓް

ޕޮލިސީ ޕްލޭނިންގ އެންޑް ޕްރޮޖެކްޓް/ ޑިވެލޮޕްމެންޓް ސަރވިސް

ވަޒީފާއަދާކުރަންޖެހޭ ތަން

ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވެންސް

-/2000 ރުފިޔާ

މަޤާމުގެ ޝަރުޠު:

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމެންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބު ތައް

1-  ފުވައްމުލަކު ސިޓީގެ ތަރައްޤީގެ ޕްލޭނަށް ބިނާކޮށް ކުރިޔަށް އޮތް އަހަރުގެ ބަޖެޓްގައި ހިމަނަން ބޭނުންވާ ޕްރޮޖެކެޓްތަކާއި ޕްރޮގްރާމްތަކާއި ޕީ.އެސް.އައި.ޕީ އަށް ކުރަންޖެހޭ ޕްރޮޖެކްޓްތަކުގެ ތަފްޞީލް އަގު ހަދާ ޖުލައި މަހުގެ ނިޔަލަށް ވޯކް ޕުލޭންގައި ހިމެނުމައްޓަކައި ފޮނުވުން

2-  ކައުންސިލުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫޢުތައް ހިންގުމައްޓަކައި ތައްޔާރު ކުރަންޖެހޭ ލިޔެކިއުންތައް ތައްޔާރުކޮށް އެފަދަ މަޝްރޫޢުތައް ހިންގުން

3-  ފުވައްމުލަކު ސިޓީގައި ހިންގަމުންދާ އިޤްތިޞާދީ ހަރަކާތްތަކާއި ބެހޭ މަޢުލޫމާތުތައް އެއްކޮށް ބެލެހެއްޓުން

4-  ސިޓީ ކައުންސިލަށް ބޭނުންވާ ފުވައްމުލަކުގެ އެންމެހައި ތަފާސް ހިސާބުތައް އެއްކޮށް ފަސޭހައިން އެގޭނެ ގޮތައް އަޕްޑޭޓްކޮށް ބަލަހައްޓަމުން ގެންދިއުން

5-  ސިޓީ ކައުންސިލްގެ ވޯކް ޕުލޭނުގައި ހިމެނިގެން ކުރިޔަށް ގެންދާ އެންމެހައި ހަރާތްތަކާއި ގުޅިގެން ހަވާލުކުރެވޭ ކަންތައްތައް ކުރުން

6-  ފުވައްމުލަކުގެ ޓޫރިޒަމް އިތުރަށް ތަރައްޤީ ކުރުމައްޓަކައި ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ފުވައްމުލައް އިޝްތިހާރުކޮށް ޕުރޮމޯޓްކުރުމުގެ މަސައްކަތްކުރުން

7-  ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ތަރިކަ ކަމުގައި ބެލެވޭ އެންމެހައި ތަންތަނާއި ތަކެތީގެ ދަފްތަރެއް އެކުލަވާލައި އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އެފަދަ ތަރިކަ ރައްކާތެރިކުރުމާއި ބެހޭ ގޮތުން ކުރަންޖެހޭ ކަންތައްތައް ބަލައި ދިރާސާކޮށް ތައްޔާރު ކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

8- އިދާރާއިން ކުރާ އެންމެހާ ކަންކަމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.                                                                   

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)                                          

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭ ފަދަ ކޮޕީއެއް.            

4- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ،    ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒިފާއިން ވީއްލުމާމެދު އިޢުތިރާޒެއް  ނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ރަސްމީ ލިޔުމެއް.                           

5- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.  

( ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.          

8- މަސައްކަތު ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒިފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.              

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީން
  • މަސައްކަތުގެ  ނބތަޖުރިބާ
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު
  • އަދި އިންޓަރވިއު

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 މޭ 2018 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އައި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 20 މޭ 2018 އާއި 24 މޭ 2018 އާ ދެމެދު ގައެވެ.

ޝޯޓް ލިސްޓްކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓް ލިސްޓު ކުރެވޭނެއެވެ.

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ

މިއިދާރާގެ ފޯން ނަންބަރ 6865001،6860004، 6862030, ފެކްސް: 6860958

އީމެއިލް: [email protected]  

 

 

                         

03 މޭ 2018
ހޯދާ