މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ކޮންކްރީޓް މެޝިން ގަތުމަށް

އިޢުލާން

ކޮންކްރީޓް މެޝިން ގަތުމަށް

ޕަބްލިކް ވަރކްސް ސަރވިސަސްއިން ކުރިޔަށްގެންދާ އެކި ޕްރޮޖެކްޓްތަކުގެ ބޭނުމަށް 03 ކޮންކްރީޓް މެޝިން ގަންނަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 03 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މި ސަރވިސަސްއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 06 މެއި 2018 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މި ސަރވިސަސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް 02 މެއި 2018 ވާ ބުދަ ދުވަހުން ފެށިގެން 06 މެއި 2018 ވާ އާދީއްތަ ދުވަހުގެ 11:30 ގެ ނިޔަލަށް ޕަބްލިކް ވަރކްސް ސަރވިސަސްގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

މި އިޢުލާންއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް 3020853 ނަންބަރު ފޯނަށް ރަސްމީގަޑީގައި ގުޅުއްވުންއެދެމެވެ.

 16 ޝަޢުބާން 1439 

 02   މެއި   2018 

02 މޭ 2018
ހޯދާ