ފެލިދެއަތޮޅު ރަކީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރިކުރުމަށް ބިން ކުއްޔަށް ދޫކުރުން

ވިޔަފާރިކުރުމަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ.

   ވ.ރަކީދުގެ ބަނދަރުގެ އިރުމަތީ ފަރާތުން "ތެޔޮ ވިއްކުމު" ގެ ވިޔަފަރިކުރުމަށްޓަކާ 30 ފޫޓް 40 ފޫޓް ގެ ބިމެއް 12 

އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ.

   ވީމާ،މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 07 މެއި 2018 ވާ ހޯމަ ދުވަހުގެ 13:00 އަށް މި އިދާރާއަށް

ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު 

ހުށަހެޅުމަށް ދަންނަވަމެވެ.އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ކުންފުނި،ލޯކަލްއިންވެސްޓްމަންޓް،ކުލަބު ޖަމުޢިއްޔާ ނުވަތަ ކޯޕަރޭޓިވް ސޮސައިޓީ

ފަދަ ރަޖިސްޓްރީ ކޮށްގެން ހިންގާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ

ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމަށް އެދި އަންދާސީ ހިސާބު ހުށަހަޅާނީ ސިޓީ އުރައެއްގައި ބަންދުކުރުމަށްފަހު 

މިކައުންސިލްގެ އިދާރާއަށެވެ.

   މިހެންވެ މިކަން އާންމުކޮށް އަނަގައި އިޢުލާންކުރީމެވެ.

   14 ޝަޢުބާން 1439

   30 އޭޕްރީލް 2018

 

30 އޭޕްރިލް 2018
ހޯދާ