ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުުމުގެ ފުރުޞަތު

އިޢުލާން

ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުުމުގެ ފުރުޞަތު

 

ޕްރޮގްރާމްގެ ނަން: ފަހަށް ރައްކާކުރުމާއި އިންވެސްޓްކުރުން

ދާއިރާ: ފަހަށް ރައްކާކުރުން، އިންވެސްޓްކުރުން، އިންވެސްޓްމަންޓް ފުރުސަތުތައް، ސެކިއުރިޓީޒް ޓްރޭޑިންގ، މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމް

ކިޔަވައިދޭ ބަސް: ދިވެހި

ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ: މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް.

ތާރީޚާއި ވަގުތު: 09 މެއި 2018 (ބުދަ) ދުވަހުގެ ހެނދުނު 09:00 ން މެންދުރު 13:00 އަށް

ޖާގަ: 30 (ނަން ހުށަހަޅާ ތަރުތީބަށް އިސްކަންދެވޭނެއެވެ)

ފީ: ބައިވެރިވުން ހިލޭ

ތަން: މާލޭގައި

ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތަކުން، ނަމާއި ފޯނު ނަންބަރު، އީމެއިލް އެޑްރެސް އަދި އައިޑީކާޑުގެ ކޮޕީ 07 މެއި 2018 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން ސީ.އެމް.ޑީ.އޭ ޓްރެއިނިންގ އިންސްޓިޓިއުޓްގެ އީމެެއިލް [email protected]  އަށް ފޮނުއްވުން އެދެމެވެ.

މި ވާރކްޝޮޕާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ނަންބަރު 3014103 ނުވަތަ 3336619 ފޯނާ ގުޅުއްވުން އެދެމެވެ.

14 ޝަޢުބާން 1439

 

30 އޭޕްރިލް 2018
ހޯދާ