މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނެޓްބޯލް ކޯޓް ގާއިމްކުރުން.

އިޢުލާން

 

ނެޓްބޯލް ކޯޓް ގާއިމްކުރުން.

            މިރަށުގައި ސަރުކާރުން ޤާއިމުކުރަށްވާގޮތަށް ހަމަޖެހިފައިވާ ސްޕޯރޓްސް އެރީނާ މަޝްރޫޢުގެ ދަށުން ޤާއިމުކުރުމަށް ހަމަޖެހިފައިވާ ނެޓްބޯލް ކޯޓުގެ މަސައްކަތް މިއިދާރާއިން އަރުވާ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.

މުލަކަތޮޅު މުލަކު ސްޕޯޓްސް އެރީނާގައި ހިމެނޭ ނެޓްބޯޅަ ކޯޓް އަޅަން ބޭނުން ވެގެން މިއިދާރާއިން ކުރި ނަމްބަރ (IUL)364-A/364/2016/18   އިޢުލާނު ބާޠިލްކޮށް އަލުން އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން 2018 މެއި 7 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 މެއި 10 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ގަޑި ޖެހިގެން ޙާޟިރުވާ ފަރާތްތަކާއި، މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތް ތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނޭ ވާހަކަ ދެންނެވީމެވެ.

24 އޭޕްރިލް 2018
ހޯދާ