ޚަޒާނާ މޯލްޑިވްސް ލިމިޓެޑް
ދިވެހިރާއްޖެ
ޚަޒާނާ މޯލްޑިވްސް ލިމިޓެޑަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމަށް

ޚަޒާނާ މޯލްޑިވްސް ލިމިޓެޑް
ދިވެހިރާއްޖެ                                       

ނަންބަރު: HZN/IULAAN/2018/03

 ޚަޒާނާ މޯލްޑިވްސް ލިމިޓެޑަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ޚަޒާނާ މޯލްޑިވްސް ލިމިޓެޑަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމަށް 03 އޭޕްރިލް 2018 ގައި ކުރެވުނު ނަންބަރު HZN/IULAAN/2018/02  އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ލިބިފައިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ޚަޒާނާ މޯލްޑިވްސް ލިމިޓެޑް (ހ. ފުސްތުޅާމާގެ، 2 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިކުންފުންޏަށް ވަޑައިގެންނެވުން އެދެމެވެ. 

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

29 އޭޕްރިލް 2018 ވާ އާދީއްތަދުވަހުގެ ހެނދުނު 10:30 އަށް

03 މޭ 2018 ވާ ބުރާސްފަތިދުވަހުގެ 14:00 އަށް

މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ސެޝަނަށް ޙާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނުއޮންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރު ފަހު 3:00 އާ ދެމެދު މި ކުންފުނީގެ ޓެލެފޯނު ނަންބަރު 3012000 އަށް ގުޅުއްވުން އެދެމެވެ.


25 އޭޕްރިލް 2018

25 އޭޕްރިލް 2018
ހޯދާ