ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. ނިލަންދޫ ރައްޔިތުންގެ"އައްޑަނަ" ހިންގި "ފިނިހިޔާ" އާއި "ނޫރުހިޔާ" އިމާރާތް ކުއްޔަށް ދިނުން:

ފ. ނިލަންދޫ ރައްޔިތުންގެ"އައްޑަނަ" ހިންގި "ފިނިހިޔާ" އާއި "ނޫރުހިޔާ" އިމާރާތް ކުއްޔަށް ދިނުން:

ނިލަންދޫ ރައްޔިތުންގެ "އައްޑަނަ" ފިހާރަ ހިންގި" ފިނިހިޔާ " އާއި  "ނޫރުހިޔާ" އިމާރާތް  (ދިހަ) އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ހަމަޖައްސައިފީމެވެ. ކުއްޔަށް ދޫކުރާނީ މިދަންނަވާ ގޮތުގެ މަތިންނެވެ.

 

1.            އައްޑަނަ ހިންގި މިއިމާރާތް ކުއްޔަށް ދޫކުރަނީ އެތަނުގައި ހުރި ފަރނީޗަރ ފަދަ ހަރުމުދަލާއި ވިޔަފާރިމުދާ ނުލައި ހަމައެކަނި އިމާރާތެވެ. ނަމަވެސް އިމާރާތުގައި ހަރުކޮށްފައިހުރި ފަންކާ ،ލައިޓް ފަދަ ތަކެއްޗާއި އެކުގައެވެ. މިއިމާރާޔް ކުއްޔަށް ދޫކުރުމުގެ އެންމެ ކުޑައަގަކީ މަހަކު -/6000 (ހަހާސް) ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ، އެންމެ މަތީ އަގެއް ހުށަހަޅުއްވާ ފަރާތަކަށެވެ.

 

2.               ނޫރުހިޔާ ހިންގި އިމާރާތް ކުއްޔަށް ދޫކުރަނީ އެތަނުގައި ހުރި ފަރނީޗަރ ފަދަ ހަރުމުދަލާއިއެކުގައެވެ. މިއިމާރާޔް ކުއްޔަށް ދޫކުރުމުގެ އެންމެ ކުޑައަގަކީ މަހަކު -/2000 (ދެހާސް) ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ، އެންމެ މަތީ އަގެއް ހުށަހަޅުއްވާ ފަރާތަކަށެވެ.

 

އިމާރާތްތައް ކުއްޔަށް ހިފުމަށް އެދި ހުށަހަޅުއްވަން ޖެހޭ ގޮތް :

މިއިމާރާތް ކުއްޔަށް ހިފުމަށް އެދިވަޑައިގެން ހުށަހަޅުއްވަންޖެހޭނީ ސިޓީއަކުންނެވެ. ސިޓީ ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. އެކަމަށް އެދިވަޑައިގެން ހުށަހަޅުއްވާ ސިޓީގައި ކޮންއިމާރާތެއްކަން އެގޭގޮތަށް ކުއްޔަށް ހިއްޕަވާނޭ އަގު ލިޔުއްވާފައި އޮންނަންވާނެއެވެ. އަދި އެކަމަށް ހުށަހަޅުއްވާ ސިޓީ އުރައިގެ ބޭރުގައި " ނިލަންދޫ ފިނިހިޔާ އިމާރާތް ނުވަތަ ނޫރުހިޔާ  ކުއްޔަށް ހިފުމަށް އެދި " މިހެން ލިޔުއްވާފައި އޮންނަންވާނެއެވެ. ކޮންމެ އިމާރާތަކަށް ވަކިންވެސް އަގުހުށަހެޅުއްވޭނެއެވެ.

 

 

 

އިމާރާތް ކުއްޔަށް ހިފުމަށް ހުށަހަޅުއްވަންޖެހޭ ތާރިޚާއި ގަޑި:

 

މިއިމާރާތް ކުއްޔަށް ހިއްޕަވަން އެދި ހުށަހަޅުއްވަންޖެހޭނީ 2018 އޭޕްރީލް 17 ވަނަ ދުވަހުން ފެށިގެން 2018 އޭޕްރީލް 30 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 12:00 ގެ ކުރިން ނިލަންދޫ ކައުންސިލް އިދާރާއަށެވެ. މިއިމާރާތް ކުއްޔަށް ހިއްޕެވުމަށް އެދި ހުށަހަޅުއްވާ އެންމެ މަތީ އަގު ކޮންމެ ދުވަހެއްގެ 13:00 ގައި މިއިދާރާގެ ސިޓިންގް ރޫމުގައި ހުރި ޓީވީއާއި ވެޔޮދޮށު މައިޒާނުގެ ނޯޓިސްބޯޑުގައި ބެހެއްޓޭނެއެވެ. އަދި ވިދިވިދިގެން ރަސްމީ 3 ދުވަހު އެއް އަގެއް އޮވެއްޖެނަމަ  އެއަގު ހުށަހެޅުއްވި ފަރާތަށް އިމާރާތް ކުއްޔަށް ދޫކުރެވޭނެއެވެ.

 

ވީމާ، ނިލަންދޫ ރައްޔިތުންގެ އައްޑަނަ ފިހާރަ ހިންގި ފިނިހިޔާ އިމާރާތާއި ނޫރުހިޔާ އިމާރާތް  ކުއްޔަށް ހިއްޕަވަން ބޭނުންފުޅުވެވަޑައިގަންނަވާ ބޭފުޅުން މަތީގައި ދަންނަވާފައިވާގޮތަށް މިއިދާރާއަށް ސިޓީއިން ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. 

 

  30 ރަޖަބު    1439

16  އޭޕްރީލް  2018

17 އޭޕްރިލް 2018
ހޯދާ