ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕީއެސްއެމް އަށް ދޫކޮށްފައިވާ ބިމުގައި ކުރަންހުރި ބައެއް މަސައްކަތް

         ޕަބުލިކު ސަރވިސް މީޑިއާއަށް ދޫކޮށްފައިވާ 10’000 އަކަފޫޓްގެ  ބިމުގައި ހުރި ޓަވަރުރޫޅައި އިމާރާތް ތަޅައި ފައުންޑޭޝަން ނަގައިދޭނެ  ފަރާތެއް ހޯދުމަށް ކޮށްފައިވާ މިއިދާރާގެ  ނަންބަރ:  (IUL)374-C/374/2018/49 :   (12 އޭޕްރީލް 2018 ) ގެ  އިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

        ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤްވެރިވެވަޑައިގަންނަވާ ބޭފުޅުން  2018 އޭޕްރީލް 24 ވާ އަންގާރަދުވަހު ގެ 10:30 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޭޕްރީލް 26 ވަނަ ދުވަހުގެ 10:30 ހަށް މިއިދާރާއަށް ވަޑައިގެން މިމަސްކަތްތައް ކޮށްދެއްވާނޭ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ޕަބްލިކު ސަރވިސް މީޑިއާގެބިމުގައި ހުރި ޓަވަރު ރޫޅައި އިމާރާތް ތަޅައި ފައުންޑޭޝަން ނެގުމުގެ މަސައްކަތަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އެހެންމީހެއްގެ ހަވާލުގައި އަންދާސީ ހިސާބު ހުށަހަޅަން ބޭނުންފުޅުވާނަމަ އަންދާސީ ހިސާބު ހުށަހެޅުމުގެ 01 ގަނޑިއިރުކުރިން އެކަން ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ސޮޔާއި އެކު މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

 

         ވީމާ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

17 އޭޕްރިލް 2018
ހޯދާ