މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިބަރު މަސައްކަތްކުރުމުގެ ބިމާބެހޭ

    ބީލަން ހުށަހެޅުމުގެ ދައުވަތު

  1. މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު އިރު ދެކުނު ކޮޅުން 5000 އަކަފޫޓުގެ 1 ބިން ހަރުގެ ހަދައިގެން ފައިބަރު މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.

 

   2. ބީލަން ހުށަހަޅާނީ އެކަމަށް ތައްޔާރުކޮށްފައިވާ ބީލަން ފޯމުންނެވެ. ބީލަން ފޯމް ދޫކުރުމަށް ހަމަޖެހިފައިވަނީ ޕްރީބިޑް ބައްދަލުވުމަށް ވަޑައިގެންނަވާ ފަރާތްތަކަށް އެކަންޏެވެ. ޕްރީބިޑް ބައްދަލުވުން އޮންނާނީ 2018 އޭޕްރީލް 18 ވާ ބުދަދުވަހުގެ ހެނދުނު 10:00 މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާގައެވެ.

 

  3. ބިޑް ހުޅުވުން އޮންނާނީ 2018 އޭޕްރީލް 24 ވާ އަންގާރަދުވަހުގެ ހެނދުނު 11:00 ގައި މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ މައުލޫމާތު ލިޔެފައި ހުންނަން ވާނެއެވެ.

ހ. " ބ.ކުޑަރިކިލުގައި ފައިބަރު މަސައްކަތްކުރުމަބެހޭ "

ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

ރ. ބީލަމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ ބީލަން ޤަބޫލު ނުކުރެވޭނެއެވެ.

 

           މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 އޭޕްރިލް 2018
ހޯދާ