ދިވެހިރާއްޖެ
އދ.ދިގުރަށު ކައުންސިލްގެ އިދާރާ
ދިގުރަށް،ދިވެހިރާއްޖެ.
ނަންބަރު:353/2018/12
އިޢުލާނު
ފައިބަރ މަސައްކަތްކުރާ ހަރުގެ އެޅުމަށް 2 ބިން ކުއްޔަށް ދޫކުރުން
ރަށުގެ ލޭންޑްޔޫޒް ޕްލޭންގައި ފައިބަރ މަސައްކަތްކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުން 5000 އަކަފޫޓްގެ 2 ބިން 5 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރަން ބޭނުންވެއެވެ.
ވީމާ ބިންކުއްޔަށް ހިފަން ޝަޢުޤުވެރިވާ ފަރާތްތަކުން " ފައިބަރ މަސައްކަތްކުރުމަށް ބިންކުއްޔަށް ހިފުމަށްއެދޭ ފޯމް " ފުރިހަމަކުރައްވާ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު 23 އޭޕްރީލް 2018 ވާ ހޯމަދުވަހުގެ 13:00 އަށް ކައުންސިލް އިދާރާއަށް ހުށަހެޅުވުންއެދެމެވެ.
ފައިބަރ މަސައްކަތްކުރުމަށް ބިން ކުއްޔަށް ހިފުމަށްއެދޭ ފޯމް ރަސްމީގަޑީގައި ކައުންސިލް އިދާރާއިން ދުއިސައްތަ ރުފިޔާއަށް ގަންނަންލިބެން ހުންނާނެއެވެ.
26 ރަޖަބު 1439
12 އޭޕްރީލް 2018