މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޝަހީދުން ދުވަހުގެ ޖަލްސާގެ ބެކްޑްރޮޕް ހެދުން

`

                                  

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ.                                      

 

     

                                                          ނަމްބަރ: (IUL)10-F/10/2018/28

އިޢުލާން

    މި އަހަރުގެ ޝަހީދުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ މާބުލް ޖެހި ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާ ބާއްވާ ސަރަހައްދު ޤައުމީ ކުލަތަކުން ދިއްލާ ޒީނަތްތެރިކުރުމަށާއި ޖަލްސާގެ ބެކްޑްރޮޕްގެ ގޮތުގައި 20 ފޫޓް 10 ފޫޓް ލެޑް ސްކްރީން، ހަދައި ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި މި މިނިސްޓްރީގެ ނަމްބަރ  (IUL)10-F/10/2018/25 (29 މާރިޗު 2018) އިޢުލާނާއި ގުޅިގެން އަންދާޒީ ހިސާބު ހުށަހެޅުމަށް ވަޑައިގެންނެވީ އެންމެ ދެ ފަރާތުންކަމަށްވާތީ އެއިޢުލާން ބާތިލްކޮށް އަލުން ދެ ވަނަ ފަހަރަށް އެކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 12 އޭޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 އޭޕްރީލް 2018 ވާ  އާދީއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި،ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏           24  ރަޖަބު 1439

           10 އޭޕްރީލް 2018

 

 

10 އޭޕްރިލް 2018
ހޯދާ