މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މި މިނިސްޓްރީން ހިންގަމުންދާ އެމް.އެސް.އެމް.އީ.ޑީ ޕްރޮޖެކްޓުގެ ދަށުން ގަންނަން ބޭނުންވާ އޮފީސް އިކިއުޕްމަންޓްސް ސަޕްލައިކޮށްދޭން ބޭނުންވާ ފަރާތެއް ހޯދުމަށް

އިއުލާން

 

1. ފެށުން:

މި މިނިސްޓްރީން ހިންގަމުންދާ އެމް.އެސް.އެމް.އީ.ޑީ ޕްރޮޖެކްޓުގެ ދަށުން ގަންނަން ބޭނުންވާ އޮފީސް އިކިއުޕްމަންޓްސް ސަޕްލައިކޮށްދޭން ބޭނުންވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާނެ މަޢުލޫމާތު ތިރީގައިއެވަނީއެވެ.

2. ހޯދަން ބޭނުންވާ ތަކެތީގެ ތަފްސީލް 

 

Item No:

Item

Quantity required

Item Specification

1

Laptop

2

Processor

Intel i5 7th Gen or Higher

Memory

8 GB DDR4

Upgradable to 16GB

Network Interface

10/100/1000Mbps Gigabit Ethernet,

Integrated 802.11a/n/ac

Bluetooth 4.0 or Above

Hard Disk

240 GB SSD

Screen Size

13” - 15"

Input / Output Ports

One USB 2.0, Two USB 3.0,

One HDMI port

Operating System

Windows 10 Pro pre-Installed

Warranty

 

3 Years Parts & Service

2

Laptop

5

Processor

Intel i3 7th Gen or Higher

Memory

4 GB DDR4

Upgradable to 16GB

Network Interface

Integrated 802.11a/n/ac

Bluetooth 4.0 or Above

Hard Disk

240 GB SSD

Screen Size

12" - 13"

Input / Output Ports

One USB 2.0, Two USB 3.0,

One HDMI port

Operating System

Windows 10 Pro pre-Installed

Warranty

 

3 Years Parts & Service

 

 

3. ބީލަން ހުށަހެޅުން

ބީލަން ހުށަހަޅާނީ މި އިޢްލާންއާއިއެކުވާ "ބިޑް ހުށަހަޅާ ފޯމް" އިންނެވެ. ބިޑް ހުށަހަޅުއްވާއިރު މި ފޯމުގައި ހިމެނޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރަންޖެހޭނެއެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އިއުލާން ނަންބަރު އަދި "އެމް.އެސް.އމް.އީ.ޑީ.ޕީގެ އޮފީސް އިކިއުޕްމަންޓްސް ސަޕްލައިކުރުން" މިހެން ޖަހާފައި އޮންނަންވާނެއެވެ. އަދި ބިޑް ހުށަހަޅާ ފަރާތުގެ ނަންވެސް ސިޓީއުރައިގެ ބޭރުގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

4. އަގު ހުށަހެޅުން.

ބީލަން ހުށަހަޅާ ފަރާތްތަކުން، ބީލަން ހުށަހެޅުމުގައި 2 އައިޓަމަށްވުރެ މަދުންވެސް އަގު ހުށައެޅިދާނެއެވެ. އަގު ހުށަހަޅަންވާނީ ކޮންމެ އައިޓަމަކަށް ވަކިވަކިން ބިޑް ހުށަހަޅާ ފޯމްއިންނެވެ. ހުށަހަޅާ ބިޑްގައި މި ތަފްސީލްތައް ވަކިން އެނގެން އޮންނަންވާނެއެވެ. ބީލަން ކާމިޔާބުކުރާ ފަރާތް/ތައް ކަނޑައަޅާނީ ކޮންމެ އައިޓަމަކަށްވެސް ވަކިވަކިން މާކްސްދީގެން، އެންމެގިނަ މާކްސް ލިބޭ ފަރާތް ނުވަތަ ފަރާތްތަކަށް އެއައިޓަމެއްގެ ބީލަން ކާމިޔާބުވާގޮތަށެވެ. އަގު ހުށަހެޅުމުގައި ތިރީގައިވާ ކަންކަމަށް ސަމާލުކަންދޭންވާނެއެވެ.

 

  • ހުރިހާ އަގެއް ހުންނަންވާނީ ދިވެހި ރުފިޔާއިންނެވެ. އަދި ޖުމްލަ އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ ހިމަނައިގެންނެވެ.
  • މަތީގައި ބަޔާންކޮށްފައިވާ އައިޓަމްގެ ސްޕެސިފިކޭޝަންތަކާއި އެއްވަރު ނުވަތަ މަތިވާންވާނެއެވެ. އަދި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަންތަކަށްވުރެ ދަށްނަމަ އެ ބިޑް ބާތިލްކުރެވޭނެއެވެ.
  • މަތީގައި ބަޔާންކޮށްފައިވާ ސްޕެސިފިކޭޝަންތަކަށްވުރެ މަތިވިޔަސް މާރކްސް އިތުރުނުވާނެއެވެ.
  • އަގު ހުށަހަޅާއިރު "އަގު ހުށަހަޅާ ފޯމް" ނެތިޖެއްނަމަ އެ ބިޑް ބާތިލްކުރެވޭނެއެވެ.
  • ބިޑް ހުށަހަޅާފަރާތަކީ ވިޔފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރެޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށް ވާންވާނެއެވެ.  އަދި ޤާނޫނުގައިވާފަދައިން ރެޖިސްޓްރީ ކުރެވިފައިނުވާނަމަ ބިޑް ބާތިލްކުރެވޭނެއެވެ.

 

5. ބީލަން ހުށަހަޅާ ފަރާތުން ހުށަހަޅާނެ ޑޮކިއުމެންޓްސް

މިކަމަށް ޝައުގުވެރިވާ ދިވެހި ކުންފުނި ނުވަތަ ރަޖިސްޓްރީކޮށްގެން ހިންގާ އެހެނިހެން ވިޔަފާރިތަކުން، ބިޑް ޕްރޮޕޯސަލް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހަޅާއިރު، ޕްރޮޕޯސަލްގައި ތިރީގައި ބަޔާންކުރާ މަޢުލޫމާތު ހިމަނަންވާނެއެވެ.

1- ފުރިހަމަކޮށްފައިވާ "އެޕްލިކޭޝަން ފޯމް ފޯ ބިޑް ސަބްމިޝަން" – ފޯމް 1

2- ބިޑް ހުށަހަޅާ ފަރާތުގެ ޕްރޮފައިލް އަދި ތަޖްރިބާ

3- ކުންފުނީގެ ރަޖިސްޓްރީކޮޕީ ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ހުއްދަ އަދި ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ

4- މި މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގު ކޮންމެ އައިޓަމަކަށް ވަކިން އެނގޭގޮތަށް ފުރިހަމަކޮށްފައިވާ "ޕްރައިސް ޝެޑިއުލް ފޯމް" – ފޯމް 2

ނޯޓް: ބިޑް ހުށަހަޅާ ފޯމް މިނިސްޓްރީގެ ވެބްސައިޓުން (www.trade.gov.mv) ލިބެން ހުންނާނެއެވެ.

 

6. ބިޑް ހުށަހަޅާނެ ސުންގަޑި

ޙާޟިރުވާންވީތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު (1ވަނަ ފަންގިފިލާ)

ތާރީޚް އަދި ސުންގަޑި: 17 އޭޕްރީލް 2018 ގެ 13:00

 

7. ހުށަހަޅާ ބިޑް އިވެލުއޭޓްކޮށް މާކްސްދެވޭނެގޮތް:

7.1 ބިޑް އިވެލުއޭޓްކުރުން

  1. ބިޑް އިވެލުއޭޓް ކުރާނީ މިމިނިސްޓްރީގެ ބިޑް އިވެލުއޭޝަން ކޮމިޓީއިންނެވެ.
  2. ބިޑް އިވެލުއޭޝަން ކޮމިޓީއިން ނިންމުމަށްފަހު ޓެންޑަރ ކޮމިޓީއިން ނިންމާ ފަރާތަކަށް ބިޑް ކާމިޔާބުވާނެއެވެ. އަދި އެހެން ފަރާތްތަކަށް އެކަން އެންގޭނެއެވެ.
  3. ބިޑް އިވެލުޝަނަށްފަހު އެއްވެސް ޝަކުވާއެއް ވާނަމަ މި މިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.

7.3 މާރކްސް ދެވޭގޮތުގެ ތަފްސީލް:

  1. މާކްސް ދެވޭނީ ބިޑްގައި ހިމަނާފައިވާ ކޮންމެ އައިޓަމަކަށް ވަކިވަކިންނެވެ. އަދި އެންމެ މަތިން އެ އައިޓަމަށް މާކްސް ލިބޭ ފަރާތަށް އެއައިޓަމް އެވޯޑްކުރެވޭނެއެވެ.
  2. ބިޑްގައި ހިމެނިފައިވާ ކޮންމެ އައިޓަމަކަށް މާކްސްދެވޭނީ ތިރީގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާތަކަށެވެ.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްސީލު

ފޯމިއުލާ

އަގު

100%

  • ހުށަހަޅާފައިވާ އަގަށްދޭ މާކްސް
  • މާކްސްދެވޭނީ މިނިސްޓްރީގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ އައިޓަމަށް ވިޔަފާރިތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކްއެއްކަމުގައި ބަލައިގެންނެވެ. ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ބެންޗްމާކް އަގާއި ގުނަކުރުމަށްފަހު، ހުޅަހަޅާފައިވާ އަގުން ގެއްލުމުން ޖެހޭ އަދަދު އެއީ ބިޑް ހުށަހެޅިފަރާތުގެ އެ އައިޓަމަށް ލިބޭ މާކްސްކަމުގައެވެ.   

(Submitted Price/ Benchmark Price) x Allocated Percentage

 

8. ސަޕްލައިކުރާ މުދަލާ ހަވާލުވުން

  1. ބިޑް ކާމިޔާބުކުރާ ފަރާތުން ގެންނަތަކެތި މި މިނިސްޓްރީގައި ޓެސްޓުކުރެވޭނެއެވެ. އަދި ސްޕެސިފިކޭޝަން އަށް ނުފެތޭނަމަ އެއެއްޗެއް ޤަބޫލެއް ނުކުރެވޭނެއެވެ. އަދި އެތަކެތީގެ ބަދަލުގައި އިތުރު އަގަކާއިނުލާ ސްޕެސިފިކޭޝަންއަށް ފެތޭތަކެތި މި މިނިސްޓްރީއަށް ފޯރުކޮށްދޭންވާނެއެވެ.
  2. ތަކެއްޗަށް އަގުދެވޭނީ އެއައިޓަމްއެއް މިނިސްޓްރީއާއި ޙަވާލުކުރުމުންނެވެ.

މި އިޢްލާނާއި ގުޅިގެން އިތުރު މަޢްލޫމާތު ސާފްކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3333119 އަށް ގުޅުއްވުން އެދެމެވެ.

09 އޭޕްރިލް 2018
09 އޭޕްރިލް 2018
ހޯދާ