މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1439 ވަނަ އަހަރުގެ ރަމަޟާންމަހު ޙިފްޡުކޮށް ތަރާވީޙް ނަމާދުކުރާނެ ޙާފިޡަކު ގެނައުމާބެހޭ

އިޢުލާން އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ހާފިޡަކު ގެނައުމާބެހޭ 1439 ވަނަ އަހަރުގެ ރަމަޟާންމަހު ނ.މިލަދޫގައި އިމާމުވެ ހިފްޡުކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިންބޭރުން ހާފިޡަކު ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 01 އޭޕްރީލް 2018 ވަނަ ދުވަހު ކުރި އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަންފާޅުކޮށްފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 އޭޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޚަރަދުތަކުގެ ތަފުޞީލު ބަޔާންކޮށް ރަސްމީ ލިޔުމަކުން މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ. އަދި މިކަމާގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 7954080 އަށް ގުޅުއްވުން އެދެމެވެ. ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ. 22 ރަޖަބު 1439 08 އޭޕްރީލް 2018
08 އޭޕްރިލް 2018
ހޯދާ