ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހި ޕާސްޕޯޓުގެ ޚިދުމަތުގެ ގަޑިތަކަށް ބަދަލު ގެނައުން.

ޢިއުލާން

 3 ޑިސެންބަރު 2013 އިން ފެށިގެން ދިވެހި ޕާސްޕޯޓުގެ ޚިދުމަތުގެ ގަޑިތަކަށް ވަނީ ތިރީގައިވާ ގޮތަށް ބަދަލު ގެނެވިފައެވެ.

ޕާސްޕޯޓް ހެއްދުމަށް ހުށަހަޅާ ފޯމުތައް ބަލައިގަތުން: ހެނދުނު 08:30 ން މެންދުރު  12:00 އަށް

ޕާސްޕޯޓް ދޫކުރާ ގަޑި: ހެނދުނު 08:30 ން 14:30 އަށް

  • ހެނދުނު 08:30 ން 10:00 އަށް ހުށަހެޅޭ ފޯމުތައް ނިމޭނީ އެދުވަހެއްގެ 13:30 ގެ ފަހުންނެވެ. 09:30 ގެ ފަހުން ހުށަހެޅޭ ފޯމުތަކަށް ޕާސްޕޯޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ، ޖެހިގެން އަންނަ ދުވަހުގެ 08:30ގެ ފަހުންނެއެވެ.
  • ޕާސްޕޯޓް ހެދުމަށް އެދި ހުށަހަޅާ ފޯމުތަކަށް ދޫކުރާނީ ކޮންމެ ދުވަހަކުވެސް 150 ނަންބަރު، ހެނދުނު 08:15 ގައި ގޮނޑި ތަރުތީބުންނެވެ. ކޮންމެ ނަންބަރަކަށް ދެވޭނީ 1 ފައިސާގެ ރަސީދުކޮޅެވެ. ނަންބަރަކަށް ހުށަހެޅޭނީ 3 ފޯމެވެ.
  • ޕާސްޕޯޓް ދޫކުރާ ނަންބަރު ދޫކުރާނީ ފައިސާގެ ރަސީދުގައިވާ ގަޑީގެ ފަހުންނެވެ. ކޮންމެ ފައިސާގެ ރަސީދަކަށް ދޫކުރެވޭނީ 1 ނަންބަރެވެ.
03 ޑިސެންބަރު 2013
ހޯދާ