މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއާ ވެލާނާގެއާއި ދެމެދު ރޭޑިއޯ ލިންކު ހަރުކުރުމާ ގުޅޭ އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން                                    

  ނަންބަރު:MMS-A/2018/04

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއާ ވެލާނާގެއާއި ދެމެދު ރޭޑިއޯ ލިންކު ހަރުކުރުމާ ގުޅޭއަންދާސީ ހިސާބު ބޭނުންވެއްޖެ

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްއިން ދެއްވަމުންގެންދަވާ މޫސުމާބެހޭ މަޢުލޫމާތުތައް އަވަސްކަމާއެކު ވަގުތުން ވަގުތަށް ރައްޔިތުންނަށް ގެނެސްދިނުމަށްޓަކައި، މިސަރވިސްއާ މާލޭގައި ހުންނަ ވެލާނާގެއާ ދެމެދު ރޭޑިއޯ ލިންކަކުން ގުޅާލުމަށް ބޭނުންވެގެން 2018 މާރިޗު 27 ގައި ކުރެވުނު އިޢުލާނު ނަންބަރު MMS-A/2018/03 އާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިވަނީ 2 ފަރާތުން ކަމުގައިވާތީ، އެ އިޢުލާނު ބާޠިލު ކުރުމަށްފަހު އަލުން އިޢުލާނު ކުރަމެވެ.  

ވީމާ، ރޭޑިއޯ ލިންކާއި، ލިންކު ހަރުކުރުމަށް ބޭނުންވާ އިކުއިޕްމަންޓްތައް ފޯރުކޮށްދީ، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަަކަށް ފުރުސަތު ހުޅުވާލަމެވެ. 

 

މަޢުލޫމާތު ސާފުކުރުން (ޕްރީބިޑް ބައްދަލުވުން)

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2018 އެޕްރީލު 09 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 ގައި ހުޅުލޭގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައެވެ. މަޢުލޫމާތު ސެޝަންގައި މުހިންމު މަޢުލޫމާތުތަކެއް ހިއްސާ ކުރުމަށް ހަމަޖެހިފައިވާތީ، މި ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

 

އަންދާސީހިސާބު ހުށަހެޅުމާއި ހުޅުވުން

2018 އެޕްރީލު 15 ވާ އާދީއްތަ ދުވަހުގެ 11:00 ގައި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި އަންދާސީ ހިސާބުތައް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައި އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނެއެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމާއި ބެހޭ ހުރިހާ ކަންކަން މިއިދާރާގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް، ތިރީގައިމިވާ ލިންކްއިން ލިބިވަޑައިގަންނަވާނެއެވެ.

ލިންކް: http://www.meteorology.gov.mv/uploads/cec6f62cfb44b1be110b7bf70c8362d8.pdf

  އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރަގެ އީމެއިލް އެޑްރެސް [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.

 

03 އެޕްރީލު 2018

03 އޭޕްރިލް 2018
ހޯދާ