ކޮޅުމަޑުލު ގާދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލީ ކޯޓާއި ބަށި ކޯޓު އަޅައިދޭނެ ފަރާތެއް ހޯދުން

                            ނަމްބަރު: (IUL)A/390/2018/11

 

އިޢުލާނު

ކޮޅުމަޑުލު ގާދިއްފުށީގައި ވޮލީކޯޓެއް އަޅާދޭނެ ފަރާތެއް ހޯދުމާއިބެހޭ

               ކޮޅުމަޑުލު ގާދިއްފުށީގައި ވޮލީކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިންކުރި ނަންބަރު: (IUL)A/390/2018/08 (14 މާރޗް 2018) އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ސައުޤުވެރިވެލައްވާ ފަރާތްތަކުން 03 އޭޕްރީލް 2018 ވާ އަންގާރަ ދުވަހު މެންދުރުފަހު 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 އޭޕްރީލް 2018 ވާ ހޯމަ ދުވަހު މެންދުރުފަހު 13:00 އަށް މަސައްކަތް ކޮށްދޭނެ އަގާ މުއްދަތު އެގޭގޮތަށް އަންދާސީ ހިސާބު ހިއްޕަވާގެން މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

               މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ  އެކަން ބަޔާންކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދަންނަވަމެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                09 ރަޖަބު 1439ހ

                26 މާރޗް 2018މ 

                                    ޙަސަން ޝިނާން 

                              ކޮޅުމަޑުލު ގާދިއްފުށީ ކައުންސިލްގެ ރައީސް                                                                 

 

                              ނަމްބަރު: (IUL)A/390/2018/12

 

އިޢުލާނު

ކޮޅުމަޑުލު ގާދިއްފުށީގައި ބަށިކޯޓެއް އަޅާދޭނެ ފަރާތެއް ހޯދުމާއިބެހޭ

               ކޮޅުމަޑުލު ގާދިއްފުށީގައި ބަށިކޯޓެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިންކުރި ނަންބަރު: (IUL)A/390/2018/09 (14 މާރޗް 2018) އިޢުލާނާއި ގުޅިގެން އެއްވެސްފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ސައުޤުވެރިވެލައްވާ ފަރާތްތަކުން 03 އޭޕްރީލް 2018 ވާ އަންގާރަ ދުވަހު މެންދުރުފަހު 13:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 އޭޕްރީލް 2018 ވާ ހޯމަ ދުވަހު މެންދުރުފަހު 13:30 އަށް މަސައްކަތް ކޮށްދޭނެ އަގާ މުއްދަތު އެގޭގޮތަށް އަންދާސީ ހިސާބު ހިއްޕަވާގެން މިއިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

               މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ  އެކަން ބަޔާންކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ކަމުގައި ދަންނަވަމެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                09 ރަޖަބު 1439ހ

                26 މާރޗް 2018މ

 

                                     ޙަސަން ޝިނާން

                                ކޮޅުމަޑުލު ގާދިއްފުށީ ކައުންސިލްގެ ރައީސް

                                                                                                                                                                                                           

26 މާރިޗު 2018
ހޯދާ