މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން މ. ރަތްމަންދޫގައި ޤާއިމްކުރާ ބަށިކޯޓެއް އެޅުން

 

 

 

 

 

 

މުލަކަތޮޅުރަތްމަންދޫ ކައުންސިލްގެއިދާރާ

       ރަތްމަންދޫ،ދިވެހިރާއްޖެ.  

                                   ނަންބަރު:  (IUL)362/362/2018/4

 

އިޢުލާން

 

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ފަރާތުން މ. ރަތްމަންދޫގައި ޤާއިމްކުރާ ބަށިކޯޓް އެޅުމާ ބެހޭ

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަޞީލަތްތައް ތަރައްޤީކުރުމުގެ ގޮތުން މިރަށުގައި ޤާއިމްކުރެވޭ ބަށިކޯޓް، އަމިއްލަ ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 މާރޗް 2018 ވަނަ ދުވަހުގެ 9:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 އޭޕްރީލް 2018 ވަނަ ދުވަހުގެ 10:00 ގައި މިއިދާރާގައި ބާއްވާ ބިޑްހުށަހެޅުމުގެ ބައްދަލުވުމަށް ޙާޟިރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާންގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބިޑް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހެޅުއްވުމުން މަޢުލޫމާތު ދިނުމާއި، ބިޑްބަލައިގަތުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.

09 ރަޖަބު 1439

26   މާރޗް   2018

 

 

 

26 މާރިޗު 2018
ހޯދާ