މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2018ވަނަ އަހަރަށް ވަގުތީގޮތުން މިސްކިތު މުދިމުން / އިމާމުން އަދި މަސައްކަތު މީހުންގެ މަސައްކަތް ކުރުވުމަށް ވަގުތީ މުވައްޒަފުންނެގުން.

މިސްކިތު އިމާމުން / މުދިމު އަދި މަސައްކަތު މީހުން ޗުއްޓީނަގާ ނުވަތަ މަސައްކަތަށް ޙާޟިރުނުވާ ޙާލަތުގައި މިސްކިތުގެ މުދިމުކަން ނުވަތަ އިމާމުކަން ނުވަތަ މިސްކިތު މަސައްކަތް 1 އަހަރު ދުވަހުގެ މުއްދަތަށް (2018 ޖެނުއަރީ 1 ން 2018 ޑިސެމްބަރ 31 ށް) ކޮށްދެވިދާނެ ފަރާތްތަކުން މުއްދަތު ހަމަނުވާ އައިޑީކާޑުގެ ފޮޓޯކޮޕީއާއި ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއިއެކު 27 މާރޗް 2018 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

  •  މަޤާމުގެ މުސާރައާއިބެހޭ.

މުސާރަ: ރޭންކް GS3 ގެ އިމާމެއްނަމަ ކޮންމެ ނަމާދު ވަގުތަކަށް 56.00 ރުފިޔާ (ފަންސާސް ހަ ރުފިޔާ)

ރޭންކް GS1 ގެ މުދިމެއްނަމަ ކޮންމެ ނަމާދު ވަގުތަކަށް 48.00 ރުފިޔާ (ސާޅީސް އަށް ރުފިޔާ)

ރޭންކް SS1 ގެ މަސައްކަތު މީހެއްނަމަ ގަޑިއިރަކަށް 40.00 ރުފިޔާ (ސާޅީސް ރުފިޔާ)

  • އެލަވަންސް: ނެތް

 

އަދި ދަންނަވަމެވެ. މިމަސައްކަތް ކޮށްދިނުމަށް އެދޭފަރާތަކާ މިކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތް ހަވާލުކުރެވޭނީ ކަނޑައެޅޭ ތަރުތީބަކުންނެވެ.

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރަމެވެ.

19 މާރިޗު 2018
ހޯދާ